އިޒްރާއިލް-އީރާން ގެ ނުތަނަވަސްކަމާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް!
އީރާނުގެ ކަނޑުގެ ސިފައިންގެ ބޯޓެއް ސްޓްރެއިޓް އޮފް ހޮމޫޒްގައި. ފޮޓޯ: އެރެބް ނިއުސް

އިޒްރާއިލް-އީރާން ގެ ނުތަނަވަސްކަމާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް!

ސްޓްރެއިޓް އޮފް ހޮމޫޒް ގެ ދަތުރުތަކަށް ވަނީ އަސަރުކޮށްފައި

15 hours ago - 11:41
Jun 14, 2025 - 12:14

އިޒްރާއިލްއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އަމާޒުކޮށްދިން ހަމަލާތަކާއި, އީރާނުން ދިން ރައްދު ހަމަލާތަކާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. ހާއްސަކޮށް ތެލުގެ ސަޕްލައި ޗެއިންއަށް ވަނީ ހަމަލާތަކާއެކު ވަރަށްބޮޑަށް އަސަރުކޮށްފައެވެ.

ރޭ ދެ ޤައުމުގެ ދެމެދުގައި ބާރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު, އިޒްރާއިލްއާއި ތެޙްރާން އަދި ސަރަހައްދުގެ ގިނަ އެއަރޕޯޓްތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.

ތެލުގެ ވިޔަފާރީގައި ބޯޓްތައް އެންމެ ގިނައިން ހުރަސްކުރާ މެދުއިރުމަތީގެ 'ސްޓްރެއިޓް އޮފް ހޮމޫޒް' އަށް ހަމަލާތައް އަމާޒުވެދާނެކަމަށް ބަލައި ތެޔޮ ކުންފުނިތަކާއި, ތެލުގެ ވިޔަފާރިކުރާ ފަރާތްތައް ތިބީ ހާސްކަމެއްގެ ތެރޭގައެވެ.

ބޮޑެތި ކުންފުނި ތަކުގެ ބޯޓުފަހަރު މިހާރުވެސް އެ ޗެނަލް ހުރަސްކުރަމުން ދިޔަ ނަމަވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުއަޅާފައެވެ. އީރާނުން ކުރިންވަނީ ހަމަލާތަކުގެ ރައްދެއްގެ ގޮތުން ސްޓްރެއިޓް އޮފް ހޮމޫޒް ބަންދުކުރާނެކަމަށް ބުނެފައެވެ. އީރާނުގެ މި ބުނުމާއެކު އެކަނިވެސް ތެލުގެ ބާޒާރަށް ވަރަށް ބޮޑަށް އެނގުންވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔައެވެ.

Advertisement
Advertisement

އިއްޔެ އާ އަޅާ ކިޔާއިރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދުވެސް ވަނީ 5 އިންސައްތަ އުފުލިފައެވެ. ހަމަލާތައް ފެށިފަހުން ތެލުގެ އަގު ޖުމްލަ 13 އިންސައްތަ ބޮޑުވެފައިވާއިރު މިއީ ޖެނުއަރީން ފެށިގެން ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އެންމެބޮޑަށް އުފުލުނު ފަހަރެވެ.

ސްޓްރެއިޓް އޮފް ހޮމޫޒް އަކީ އެރޭބިއަން ގަލްފް އާއި ގަލްފް އޮފް އޮމާން އާ ދޭތެރެ ގުޅުވާލަދޭ މުހިއްމު ތެެލުގެ ވިޔަފާރީގެ ޗެނެލްއެކެވެ. އެ ޗެނަލް ބަންދުކޮށްފިނަމަ, ނުވަތަ ހަމަލާތަކާ ގުޅިގެން އެ ޗެނަލްގެ އުޅަނދުތަކަށް ނުރައްކާވެ ހުއްޓާލަންޖެހިއްޖެނަމަ ދުނިޔޭގެ ބާޒާރަށް ނިކުންނަ ތެލުގެ 20 އިންސައްތަ ހުއްޓި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދާނެއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެމެރިކާއަށެެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow