އެމެރިކާގެ ހަމަލާއަށްފަހު ސަހްޔޫނީ  ދުޝްމަނުންނަށް ވަރުގަދަ އަދަބެއް ދިނުމަށް ޙާމަނާއީ ވައުދުވެއްޖެ
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޙާމަނާއީ

އެމެރިކާގެ ހަމަލާއަށްފަހު ސަހްޔޫނީ ދުޝްމަނުންނަށް ވަރުގަދަ އަދަބެއް ދިނުމަށް ޙާމަނާއީ ވައުދުވެއްޖެ

އީރާނުގެ ވެރިކަން ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދީފައި

5 hours ago - 10:16
Jun 23, 2025 - 10:30

ޖޫން 13ގައި އިޒްރާއިލްއިން އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ދެފަރާތުން މިސައިލްއާއި ޑްރޯން ބެނޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން ދަނިކޮށް އެމެރިކާއިން އިއްޔެ އީރާނަށް ދިން ހަމަލާއާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު ފުރަތަމަ ފަހަަރަށް ކޮމެންޓް ކުރައްވައިފިއެވެ. އާޔަތުالله ޢަލީ ޙާމާނާއި ވަނީ "ސަޙްޔޫނީ ދުޝްމަނުންނަށް ވަރުގަދަ އަދަބެއް ދިނުމަށް ވައުދު " ވެފައެވެ. 

އެމެރިކާގެ ހަމަލާތައް އިއްޔެ ވަނީ އީިރާންގެ ތިން ސަރަހައްދެއްގައި ހުރި ނިއުކްލިއަރ ފެސިލިޓީތަަކަށް އަމާޒުކޮށްފައެވެ. ފޯޑޯ, އިސްފަހާން އަދި ނަޓަންޒްން އަށް ދިން ހަމަލާތަކުގައި ނިއުކްލިއަރ ކާރުހާނާތަކަށް ބޮޑެތި ގެއްުންތަކެއް ލިބިފައިވާކަމަށް އިރާނުގެ ހާރިޖީ ވަޒީރު އިއްޔެ ވަނީ ވިދާލުވެފައެވެ.

ހަމަލާއަށްފަހު އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން އެމެރިކާގެ ޝައުގެއް ނެތްކަަމަށް ފުރަތަމަ ބުނި ނަމަވެސް އެމެރިކާގެ ރާގު ވަނީ އޭގެ ފަހު ބަދަލުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ވަނީ "އިރާނުގައި މިހާރޮ އޮތް ސަރުކާރުން އީރާން އަލުން ރަނގަޅު ތަނަކަށް ހަދަން ނުކުޅެދޭނަމަ ސަރުކާރު ބަދަލުކުރަންނުޖެހެންވީ ކީއްވެތޯ" ސުވާލުކޮށްފައެވެ.

އިޒްރާއިލްއިން ވަނީ އެމީހުންގެ ހަމަލާތަކުގެ މަޤްސަދު ހާސިލްވަންދެން އީރާނަށް ހަމަލާދޭނެކަމަށް ބުނެފައެވެ. 

Advertisement
Advertisement

އިޒްރާއިލް އިން އީރާނަށް ދޭ ހަމަލާތަކުގައި މިހާނަތަށް 400 މީހުން މަރުވެ 3,056 މީހުން ޒަހަމްވެފައިވާކަމަށް އީރާނުން ވަނީ ބުނެފައެވެެ. އިޒްރާއިިލް އިން 24 މީހަކު މަރުވެފައިވާކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow