އިޒްރާއިލް އަށާއި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ޔަމަނުގެ ހޫތީންގެ ހަމަލާތަކެއް
ހޫތީން ދަނީ އިޒްރާއީލަށް ހަމަލާ ދެމުން:ފޮޓޯ- ރޮއިޓަރސް

އިޒްރާއިލް އަށާއި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ޔަމަނުގެ ހޫތީންގެ ހަމަލާތަކެއް

21 days ago - 21:39
Sep 27, 2024 - 23:42

ޔަމަނުގެ ހޫތީން އިޒްރާއިލްގެ ވެރިރަށް ތެލް އަވީވް އަދި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ހަމަލާދިން ކަމަށް އެޖަމާޢަތުން ބުނެފިއެވެ. ރަތްކަނޑުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ ތިން މަނަވަރަކަށް ހަމަލާދީފައިވަނީ މިސައިލް އާއި ޑްރޯން ބޭނުންކޮށްގެންނެވެ.

އީރާނާ ގާތްގުޅުމެއް އޮންނަ ހޫތީން ބުނެފައިވާގޮތުގައި އިޒްރާއިލްއިން ޣައްޒާ އަދި ލުބުނާނުގައި ހިންގަމުންގެންދާ ޙަމަލާތައް ހުއްޓާލަންދެން ހަމަލާތައް ކުރިއަށް ގެންދާނެއެވެ. ތެލް އަވީވް އަށް ދިން ހަމަލާތައް އިޒްރާއިލްގެ އެއަރ ޑިފެންސުން ހުއްޓުވާފައިވާކަމަށް އިޒްރާއިލްގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ހޫތީން ވަނީ އިޒްރާއިލްގެ އެހެން ސިޓީއެއްކަމަށްވާ އަޝްކެލަން އަށް އަމާޒުކޮށްވެސް މިސައިލް ހަމަލާއެއް ފޮނުވާލާފައެވެ.

"ފަލަޞްޠީނާއި ލުބުނާނުގައި ދިރިއުޅޭ އަހަރެމެންގެ އަޚުންގެ ލެއަށް ނަޞްރު ލިބެންދެން އަހަރެމެންގެ ދުޝްމަން އިޒްރާއިލް އާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނަން" ޓީވީ މެދުވެރިކޮށް ވާހަކަދައްކަމުން ހޫތީންގެ ތަރުޖަމާނު ޔަޙްޔާ ސާރީ ބުނެފައިވެއެވެ.

23 ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީފައިވާކަމަށް ހޫތީން ބުނެފައިވާއިރު ރަތްކަނޑުގައި ހަރަކާތްތެރިވާ އިޒްރާއިލްއަށް ވާގިވެރިވާ ގައުމުތަކުގެ ބޯޓުތަކަށް އަމާޒުކޮށް ހޫތީންވަނީ މީގެކުރިންވެސް ގިނަ ހަމަލާތަކެއް ދީފައެވެ.

Advertisement

ޖުލައިމަހު ހޫތީންގެ ފުރަތަމަ ހަމަލާ ތެލް އަވީވް އަށް ދިފައިވާއިރު އެހަމަލާގައި އެކަކު މަރުވެ 10 މީހުން ޒަހަމްވެފައިވެއެވެ. އޭގެ ރައްދުގައި އިޒްރާއިލްއިންވަނީ ޔަމަނުގެ ޕޯޓް ސިޓީ, ހޮދައިދާ ބަނދަރު ސަރަޙައްދަށް ހަމަލާދީފައެވެ. ހަމަލާއާއެކު ބޮޑު އަލިފާންގަނޑެއް އެސަރަޙައްދުގައި ރޯވެ 6 މީހުން މަރުވެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow