މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ – މިނިސްޓަރ ހައިދަރު
މިނިސްޓަރ އަލީ ހައިދަރު މަޖިލިހުގައި ޖަވާބުދާރީ ވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ – މިނިސްޓަރ ހައިދަރު

5 hours ago - 10:28
Jun 23, 2025 - 10:28
Advertisement
Advertisement

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމެންޑޭޓް މިހާރު ހަވާލުވެފައި އޮތް މަތީ ތައުލީމާ މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. ވަޒީރު އެޔަގީންކަން ދެއްވީ އެކަން ކުރަން ޖެހޭ މުއްދަތު ފަހަނަ އަޅާފައިވާތީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވީ އެކަން ކޮށްނިންމަން ޖެހެނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކޮށްފައި ނުވާކަމަށެވެ. ފުރަތަމަ މިނިމަމް ވޭޖް ކަނޑައެޅީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ. ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހުނަސް އެކަން މިދިޔަ މުއްދަތުގައި ކޮށްފައި ނުވެއެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވީ ރިވިއު ކުރުމަށްޓަކައި އާ މިނިމަމް ވޭޖްގެ އެޑްވައިޒަރީ ބޯޑް ޖުލައިމަހު އެކުލަވާލާ ފުރަތަމަ ބައްދަލުވުން މިހާރު ބާއްވާފައިވާ ކަމަށެވެ. ކުރީގެ ބޯޑްގެ ލިޔެކިޔުންތައް އާބޯޑާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. މަސައްކަތަށް އޮތް ގޮންޖެހުން ފާހަގަކުރައްވާ ވިދާޅުވީ ޓެކްނިކަލް މުވައްޒަފުން ލިބުމުގެ ދަތިކަން ބޮޑު ކަމަށެވެ. ކުރިން ޓެކްނިކަލް މަސައްކަތް ކުރި މުވައްޒަފުން މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓެކްނިކަލް މުވައްޒަފުން ނުލިބޭތީއާވެސް އެކު އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ފަންނީ އެހީ ހޯދުމަށް އެދި, އައިއެލްއޯގެ ފަންނީ ލަފާ މިހާރު ލިބިފައިވާ ކަމަށެވެ.

Advertisement
Advertisement

މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑާޓާ އެއްކޮށް, ސެކަންޑަރީ ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިއީ ވަރަށް ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާ އަދި ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ އެއްޗެއް." ވަޒީރު ވިދާޅުވިއެވެ.

އެކަމަކު ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement