ސްޓެލްކޯ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށްފި
ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ފަހުމީ

ސްޓެލްކޯ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށްފި

އާ އެމްޑީއަކީ ޝަމާހު ރަޝީދު

3 hours ago - 19:29
Sep 7, 2025 - 19:32
Advertisement
Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވިދާޅުވީ އެބަދަލު ގެންނެވީ މިއަދު ކަމަށެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެއެވެ. ހުސައިން ފަހުމީ އަކީ މިސަރުކާރުން ސްޓެލްކޯއަށް އައްޔަންކުރެއްވި ފުރަތަމަ އެމްޑީ އެވެ. އޭނާ އަކީ އެކުންފުނީގައި 27 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކުރައްވާފައި މިވަނީ މާލެއިން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ނުލިބި, ޢާއްމުންގެ ޝަކުވާވެސް ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އަދި ކަރަންޓް ބިލް ބޮޑުވާކަމުގެ ޝަކުވާވެސް ކުރަމުންދަނިކޮށެވެ. ނަމަވެސް ފަހުމީ މަގާމުން ވަކިކުރުމާ މިއިން ކަމަކާ ގުޅުމެއް އޮތްކަމަކަށް ނުބުނެއެވެ. މަގާމުން ވަކިކުރެއްވި ފަހުން ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ 27 އަހަރު މަސައްކަތް ކުރެއްވި ކުންފުނި ހިންގެވުމެއް ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ސްޓެލްކޯ ހިންގެވުމުގެ ފުރުޞަތަކީ ފަޚުރެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވި ޝަމާހު އަކީ ކުރިން މިފްކޯ ހިންގެވުމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެކުންފުނީގެ ސީއީއޯގެ މަގާމް އަދާކުރެއްވިއެވެ. ފަހުން ހުންނެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement