
ފ.އަތޮޅާއި ވ. އަތޮޅުގައިވެސް ޕާސްޕޯރޓްގެ ޚިދުމަތް ދޭން ފަށައިފި
ފ.އަތޮޅާއި ވ. އަތޮޅުގައިވެސް ޕާސްޕޯރޓް ހެދުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިދެއަތޮޅުގައި ވެސް ޚިދުމަތްދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފ.އަތޮޅުން ޚިދުމަތް ދޭން ފެށީ ވެރިކަން ކުރާ ރަށްނިލަންދޫގެވެ. ރޭ ނިލަންދޫގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ވ. އަތޮޅުން ޚިދުމަތް ދޭން ފެށީ އެއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދޫގައެވެ. އެރަށުގައި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން އެވެ.
ރިއެކްޝަންސް






