ނ.ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ
ނ.ހޮޅުދޫ

ނ.ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

9 days ago - 11:47
Sep 10, 2024 - 11:51
Advertisement

ނ.ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ފެނުނީ ގެއެއްގެ ތެރެއިން ކަމަށެވެ. އެއީ 50 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ގޮސް އެމީހާ ހޮޅުދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަމަށެވެ.

މިއީ ބަޔަކު ނުވަތަ މީހަކު ކުރި ކަމެއްކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ. ފުލުހުން ބުނީ ސީންގައި ހަރަކާތްތެރިވަމުން ދާކަމަށާއި, އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.

ހޮޅުދޫން ވާހަކަދެއްކި މީހަކު ބުނީ އެމީހާގެ ކަރުގެ ވަށައިގެން ޒަޚަމްތައް ހުރި ކަމަށެވެ. އަދި ބޮލާއި, ގައިގެ ބައެއް ތަންތަނަށްވެސް ވަޅި ހަރާފައިވާ ޒަޚަމްތައް ހުރި ކަމަށެވެ. ނަމަވެސް އެއީ ބަޔަކު ކުރިކަމެއްކަން ޔަގީން ނުވާކަމަށާއި, މަރުވި މީހާ މިފަހުން އުޅުނީ ވަރަށް ބޮޑަށް ޑިޕްރެޝަންގައި ކަމަށް ހޮޅުދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

Advertisement

މަރުވެފައި އޮއްވާ އޭނާ ފެނުނު ގެ ވަށައިގެން ކެމެރާ ތައް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement