މާލެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރާނެ ބިން ލިބިއްޖެ- މިނިސްޓަރ
މިނިސްޓަރ ރާފިއު އެހެން އިވެންޓެއްގައި ވާހަކަ ދައްކަވަނީ: ފޮޓޯ- ކުޅިވަރާބެހޭ ވުޒާރާ

މާލެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރާނެ ބިން ލިބިއްޖެ- މިނިސްޓަރ

9 days ago - 14:29

މާލެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރާނެ ބިން ލިބިއްޖެ ކަމަށް ކުޅިވަރާބެހޭ ވަޒީރު ޑރ.އަބްދުالله ރާފިއު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް މިއަހަރު ފެށޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުޅިވަރު ކުޅޭނެ ތަންތަން ކަނޑައަޅަނީ ނެޝަނަލް ޕޮލިސީގެ ދަށުން ކަމަށާއި, މާލެ އާއި ހުޅުމާލެ ސަރަހައްދުން ވެސް އިތުރު ބިން ލިބިފައިވާ ކަމަށެވެ. އެގޮތުން  52 ހާސް އަކަފޫޓްގެ ދެ ބިން ހުޅުމާލެއިން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އެ ދެ ބިމުގައި އަޅަން ނިންމާފައިވަނީ ދެ ކޮމްޕްލެކްސް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވިދާޅުވީ  އިރާދަކުރެއްވިއްޔާ އެމަޝްރޫއު މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ. މާލޭގައި އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮތް, ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިންވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރަން މިނިސްޓްރީއަށް ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑު ދަންނަވާނީ ވަސީލަލްތަކާއި ތަމްރީނުތަކާއި, ބޭނުންވާ ކަންކަން މިސަރުކާރުން ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށް ދެޔޭ. އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް ވަރަށް އަވަހަށް ފެނިގެންދާނެ. މިހާރުވެސް އަޅުގަނޑުމެން އެކަން އެބަކުރަން." ވަޒީރު ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ވަޒީރުކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ކުޅިވަރު ކުރިއަރުވަން އެންމެ ރަނގަޅު ނިޒާމަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެކަމަށް ބޭރުގެ ފަންނީ ބޭފުޅުން ގެނެސް އިދާރާތަކާ މަޝްވަރާކޮށް ދިރާސާއެއް ހެއްދެވި ކަމަށް ވިދާޅުވިއެވެ. އެދިރާސާގެ އަލީގައި ދެނެގަނެވުނު އެންމެ މުހިއްމު ކަމަކީ ކުދިން ހެލިފެލިވެ އުޅުމާއި, ކުޅިވަރު ކުޅެ އުޅުމަށް އެޑިއުކޭޝަން ސިސްޓަމްގެ މުހިއްމުކަން ކަމަށް ވިދާޅުވިއެވެ.  

Advertisement

އެހެންކަމުން ސްކޫލް ސިސްޓަމްގެ ތެރެއިން ކުދިންގެ ފިޓްނަސްގެ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެކަން ކުރިއަށް ގެންދަވާނެ ކަމަށާއި, އެކަމަށް މީހުން ތަމްރީނުކުރަން ބޭނުންވާ ބަޖެޓް ވެސް ހަމަޖައްސައިދީފައިވަކަށް ވިދާޅުވިއެވެ. މިއަހަރުގެ ތެތޭގައި އެކަން ފެށޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow