ފުލުހުން މަޑިފުށި ސްކޫލުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ފުލުހުން މަޑިފުށި ސްކޫލުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

މި ޕްރޮގްރާމްގައި މަޑިފުށި ސްކޫލުގެ 61 ދަރިވަރަކު ބައިވެރިވެ 50 ދަރިވަރަކު ފަތަން ދަސްކޮށް ފައިނަލް އެސެސްމަންޓުން ފާސްވެފައިވޭ

1 month ago - 15:34
Advertisement

"މަވެސް ފަތާނަން" ގެ ނަމުގައި ތ. މަޑިފުށި ސްކޫލުގެ ގްރޭޑް 4 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މަޑިފުށީގެ މުއައްސަސާތަކާ ގުޅިގެން އެރަށު ޕޮލިސް ސްޓޭޝަނުން ޖުލައި 13 އިން 25 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެ ސްކޫލުގެ 61 ދަރިވަރަކު ބައިވެރިވެ 50 ދަރިވަރަކު ފަތަން ދަސްކޮށް ފައިނަލް އެސެސްމަންޓުން ފާސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

އޭގެ އިތުރުން، ކުރިން ފަތަން ދަސްކޮށްފައިވާ 36 ދަރިވަރަކަށް ފަތަން އެނގޭކަމުގެ ސެޓްފިކެޓް ދިނުމުގެ ގޮތުން ޕްރޮގްރާމުގެ ފައިނަލް އެސެސްމަންޓުގައި ބައިވެރިކޮށްފައިވެއެވެ.

މިހުރިހާ ދަރިވަރުން ވެސް ވަނީ އެސެސްމަންޓް ފުރިހަމަކޮށް ފަތަން އެނގޭ ކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.

Advertisement

މި ދަރިވަރުންނާއެކު މި ޕްރޮގްރާމުގައި އެ ސްކޫލުގެ 97 ދަރިވަރުން ބައިވެރިވެ 86 ދަރިވަރުން ވަނީ ފަތަން އެނގޭކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވެސް ހަނދާނީ ފިލާ އަދި ލިޔުން ދީފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement