މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

އަގުހުރި އިނާމުތަކާ އެކު މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ފަށައިފި

6 months ago - 00:05
Feb 9, 2024 - 00:11
Advertisement

އަގުހުރި އިނާމުތަކާ އެކު  މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ފަށައިފިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމަށް މިއަދު ސެންޓްރަލް ޕާކުގައި ވަނީ ހަފުލާއެއް ބާއްވައިފައެވެ. 

Advertisement

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މި އިވެންޓު އޮންނަނީ ކޮންމެ ދުވަހެއްގެ 16:00އިން 22:00އާ ހަމައަށެވެ.

Advertisement

އެ އެކްސްޕޯ އިންތިޒާމު ކުރާ މީޑިއަމް އިވެންޓްސްއިން ބުނީ މި މެރިން އެކްސްޕޯއަކީ ރާއްޖެގައި އެންމެ ދިގު މުއްދަތަކަށް ބާއްވާ އެންމެ ބޮޑު ކޮމާޝަލް އިވެންޓު ކަމަށެވެ. އެ އިވެންޓުގައި، ބޯޓު ބިލްޑަރުންނާއި އިންޖީން ބްރޭންޑުތަކާއި، އިންޓަނޭޝަނަލް މެރިން ބްރޭންޑުތަކުގެ އިތުރުން، ޑައިވް ބްރޭންޑުތައް ވެސް ބައިވެރިވެއެވެ.

އެ އިވެންޓުގައި ބައިވެރިވާ މީހުންނަށާއި، އެތަނަށް ޒިޔާރާތްކުރާ މީހުންނަށް ވެސް، މި އިވެންޓުގެ ތެރޭގައި ލަކީޑްރޯތައް ކާމިޔާބު ކުރުން ފަދަ ތަފާތު ފުރުސަތުތައް ހުޅުވާލާފައިވެއެވެ.

އޭގެ ތެރޭގައި އެމްޓީސީސީ ސްޓޯލުން ހުށަހަޅާ އައިފޯން 15 އާއި ސޮލާރެލް އިންޝުއަރެންސް ސްޓޯލުން ހުށަހަޅާ، ދެ މީހަކަށް ދެ ދުވަހު ގެސްޓްހައުސްއެއްގައި ހުރުމުގެ ފުރުސަތުވެސް ހިމެނެއެވެ.

މީޑިއަމް އިވެންޓްސްއިންވަނީ އެ އިވެންޓުގައި ވަރަށް ގިނަ ސްޕޮންސަރުން ހިމެނޭކަން ފާހަގަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement