އަޅުގަނޑެއް ނޫޅެން މީޑިޔާތައް ކޮންޓްރޯލްކުރާ ހިތަކުން- ރައީސް މުއިއްޒު
މީޑިޔާތައް ކޮންޓްރޯލް ހިތުން ނޫޅުއްވާ ކަމަށާއި, ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވަ ބިލަކީވެސް ގަބޫލުކުރައްވާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.
މީޑިޔާ ކައުންސިލާއި, ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލާ މީޑިޔާ ކޮމިޝަން އުފައްދަން ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރި ހުށަހަޅުއްވާފައިވާ ބިލަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެބިލަކީ އެމަނިކުފާނު ގަބޫލުކުރައްވާ ސިޔާސަތުތަކެއް ހުރި ބިލެއްނޫން ކަމަށެވެ. މީޑިޔާތައް ކޮންޓްރޯލްކުރައްވާ ހިތުން ނޫޅުއްވާ ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭނުންފުޅުވަނީ މިހާރަށްވުރެވެސް ބޮޑަށް މީޑިޔާއަށް މިނިވަންކަން ދޭންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
" ތެދުވެއްޖިއްޔާ އަޅުގަނޑަށް ވަރިހަމައޭ ކޮންމެ އެއްޗެސްވެއް ހާމަކުރާށޭ. ފުރިހަމަ މިނިވަންކަން ހުރިހާ މީޑިޔާތަކަށް ހަގީގީ މާނައިގަ އޮންނާނެ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ ތެދު ހާމަކުރެއްވުމަށާއި, ތެދު މައުލޫމާތު ފެތުރުއްވުމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރު ވާނީ މީޑިޔާއާއި ނޫސްވެރިންނަށް ފުރުޞަތުރައް ފަހިކޮށްދޭ ސަރުކާރަކަށް ކަމަށެވެ. މިސަރުކާރުން މަސައްކަތް ކުރާނީ މީޑިޔާތައް ބާރުވެރި ކުރުވަން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓްގައި މިޑިޔާތަކަށް ފައިސާ ހިމަނާފައިވުމެވެ. އެއީ އެމަނިކުފާނުގެ ވައުދެއްވެސް މެއެވެ. އަދި ކުޑަ އަގެއްގައި މީޑިޔާތަކަށް އޮފީސް ޖާގަ ދިނުމުގެ ވައުދުވެސް ފުއްދަވާނެކަމަށް ވިދާލުވިއެވެ. އެގޮތުން ހުޅުމާލޭގައި ހުރި އެސްޓިއޯގެ އިމާރާތް އެކަމަށް ތައްޔާރުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާ, 2026 ވަނަ އަހަރުގެ ކުރީކޮޅު މީޑިޔާތަކަށް އެތަނުން ކުޑަ އަގެއްގައި ޖާގަ ދެވޭނެ ކަމަށް ވިދާޅުވިއެވެ.
މީޑިޔާ ތަކަށް ބޭނުންވާ ޖާގައިގެ ތަކްލީފެއް ނުޖެހޭނެ ވަރުގެ ތަންތަން ކުޑަ އަގެއްގައި ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީޑިޔާތަކަށް މިނިވަންކަން ދެއްވާނެކަމަށް ރައީސް ވިދާޅުވެފައި މިވަނީ ތުޅާދ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައި ވަނިކޮށެވެ. އަދި އެބިލް ބޭރުކޮށްލަން ގޮވާލަމުން ދަނިކޮށެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އެއީ ސަރުކާރު އަޑީގައި އޮވެގެން މަޖިލިހަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.
ރިއެކްޝަންސް