ފަސް ތަރީގެ ބަޔާން މިއުނިކުން ޝަޚްތަރު ޑޮނެސްކް ބަލިކުރީ ފަހަތުން އަރާ ފަހަކުން
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކް އާ ދެކޮޅަށް ކުޅުން މެޗުގައި ފަހަތުން އަރާ ފަސް ގޯލް ޖަހައިގެން ބަޔާނުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ޝަޚްތަރު ޑޮނެސްކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޑޮނެސްކާއިންނެވެ. ޑޮނެސްކްގެ ހަމައެކަނި ގޯލް މެޗުގެ 5ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެވިން އެވެ. ނަމަވެސް ޖަރުމަނުގެ ގަދަބާރު, ބަޔާނުން ވަނީ އޭގެ ހަ މިނިޓް ފަހުން ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. 11 ވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކޮށްދިނީ ކޮނާޑް ލައިމަރ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. 45 ވަނަ މިނިޓްގައި ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުޞަތުގައި ތޯމަސް މުލާއެވެ.
މި ސީޒަންގައި ބަޔާނުން އަވޭ މެޗެއްގައި ހޯދި ފުރަތަމަ މޮޅުގައި އިތުރު ގޯލްތައް ޖަހާފައިވަނީ މެޗުގެ ފަހު 25 މިނިޓްގެ ތެރޭގައެވެ. ތިންވަނަ ގޯލް ޕެނަލްޓީއަކުން 70 ވަނަ މިނިޓްގައި މައިކަލް އޮލިސީ ކާމިޔާބުކޮށްދިން އިރު, 84 ވަނަ މިނިޓްގައި ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާއެވެ. ބަޔާނުގެ ފަހު ގޯލް އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ކާމިޔާބުކުރީ މައިކަލް އޮލިސީއެވެ.
މި ނަތީޖާއާއެކު ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެ ބަޔާން އޮތީ ތާވަލްގެ އަށް ވަނައިގައެވެ. 27 ވަނައިގައި ޝަޚްތަރު ޑޮނެސްކް އޮތީ ހަތަރު ޕޮއިންޓައެކުއެވެ.
ރިއެކްޝަންސް