ރ.އަލިފުށިން ފީނަން ދިޔަ ޒުވާނަކު މަރުވެއްޖެ
ނަބީހު އަޑިއަށްދިޔަ ސަރަހައްދު ކަނޑުމަތިން ރަތްކުލައިން ފާހަގަކޮށްފަ: ފޮޓޯ-އަލިފުށިލައިވް

ރ.އަލިފުށިން ފީނަން ދިޔަ ޒުވާނަކު މަރުވެއްޖެ

2 hours ago - 13:50
Oct 18, 2024 - 14:19
Advertisement

ރ.އަލިފުށިން މިއަދު ހެނދުނު ފީނަން ދިޔަ ޒުވާނަކު މަރުވެއްޖެ އެވެ. ފީނަށްގޮސް އުޅެނިކޮށް, މަރުވީ ރ.އަލިފުށި ކަޝްމީރު ނަބީހު ޙަސަން އެވެ.

24 އަހަރުގެ ޒުވާނާ ފެނުނީ ވަރަށް އަޑިންކަމަށް އަލިފުށިން މައުލޫމާތުދިން މީހަކު ބުންޏެވެ. އަޑީގައި އޮތުމުން ނުނެގި ގިނައިރުވީ ކަމަށާއި, ނަބީހު ނެގީ ކައިރި ކޮމަންޑޫގައި ޑައިވްކުރާ ބަޔަކު ގޮސްގެންކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އަލިފުށި ކަނޑުތޮށި ކައިރިއަށް މަސްހިފަން މޫދަށްފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތްކަމުގެ މައުލޫމާތު 12:08 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެޒުވާނާ ނިޔާވެފައިވާކަމަށް އަލިފުށި ސިއްހީމަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ

ނަބީހު ފީނަން ދިޔައީ އަބަދުވެސް ފީނަންދާ އެހެން އެކުވެރިންނާއެކު ކަމަށް އަލިފުށިން މައުލޫމާތުދިން މީހާ ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަބީހު ފީނަން ދިޔައީ ހެނދުނު 10:00 ހާއިރު އެވެ. އޭނާ ފެނުނީ މެނދުރު އަލިފުށީގެ ދެކުނު ފަރާތު ކަނޑުއަޑިންނެވެ.

Advertisement

ނަބީހުގެ ހަށިގަނޑު މިވަގުތު އޮތީ އަލިފުށި ޞިއްހީމަރުކަޒުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement