މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގައި އޮފިސަރު ހަރަކާތްތެރިވާނީ ޔުނިފޯމްގައި- ކޮންޓްރޯލަރ
އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ބިދޭސީންތަކެއް ގެންދަނީ

މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގައި އޮފިސަރު ހަރަކާތްތެރިވާނީ ޔުނިފޯމްގައި- ކޮންޓްރޯލަރ

2 days ago - 10:00
Advertisement

މިހާރު ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަން ތަކުގައި އިމިގްރޭޝަން އޮފިސަރު ހަރަކާތްތެރިވާނީ ޔުނިފޯމްގައި ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އިމިގްރޭޝަން އޮފިސަރުން ކަމުގައި ބުނެ, ބިދޭސީންގެ ބަޔަކު އަތުން ފޭރެއް އުޅުނު މައްސަލައެއް ފެންމަތިވުމުންނެވެ.

ކޮންޓްރޯލަރ ވިދާޅުވީ އިމިގްރޭޝަން އޮފިސަރެއް ނަމަ އިމިގްރޭޝަން އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންސާ އޮޕަރޭޝަން ތަކުގައި އޮފިސަރުން ހަރަކާތްތެރިވާނީ ޔުނިފޯމްގައި ކަމަށް ވިދާޅުވިއެވެ.

ދެމީހަކު އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ ބިދޭސީންނާ ވާހަކަ ދައްކާ ފޭރެން މަސައްކަތްކުރި މައްސަލައެއް ފެންމަތިވެ, އެކަން ފުލުހުން ދަނީ ބަލަމުންނެވެ. އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޚާއްޞަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މިހާތަނަށް އެއޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައި ބައި މީހުން ވަނީ ޑީޕޯރޓްވެސް ކޮށްފައެވެ. އަދި ވިޔަފާރި ކުރަމުންދިޔަ ގިނަ ތަންތަނެއް ބަންދުވެސް ކުރިއެވެ.

 

Advertisement

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement