ހުޅުމާލޭގެ އައިޑީކާޑު ކޯޑު "ހމ" އަށް ބަދަލުކޮށްފި
އައިޑީކާޑަކީ އެންމެ މުހިއްމު އެއްލިޔުން / ފޮޓޯ: ސަން

ހުޅުމާލޭގެ އައިޑީކާޑު ކޯޑު "ހމ" އަށް ބަދަލުކޮށްފި

މިހާރު ހަދާފަހުރި ކާޑު މުއްދަތު ހަމަވަންދެން ބޭނުންކުރެވޭނެ

1 year ago - 14:23
Feb 18, 2025 - 15:04
Advertisement
Advertisement

ހުޅުމާލޭގެ ރަޖިސްޓްރީ އެޑްރެސް އައިޑީކާޑުގައި ލިޔާއިރު މިއަދުން ފެށިގެން ޖަހާނީ "ހމ" ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މި ބަދަލަކީ މާލެ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށެވެ.

މިއަދުން ފެށިގެން ދޫކުރާ އައު އައިޑީކާޑުތަކުގައި ހުޅުމާލޭގެ ކޯޑުގެ ގޮތުގޮތުގައި ދިވެހިން "ހމ" އަދި އިނގިރޭސިން "HM" ޖަހަން ފެށި ނަމަވެސް ކުރިން ހަދާފައިވާ ކާޑުތައް ހަމަ އެގޮތުގައި މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި ބަދަލާ އެކު، މާލޭގެ ހުރިހާ އަވަށެއްގެ ކޯޑު އައިޑީކާޑުގައި ޖަހާނީ އެ އަވަށެއްގެ ނަން ފެށޭ އަކުރުންނެވެ. މިސާލަކަށް ހެންވޭރު (ހ)، މާފަންނު (މ)، ގަލޮޅު (ގ)، މައްޗަންގޯޅި (މއ)، އަދި ވިލިމާލެ (ވ) އެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ މާލޭގެ އަވަށްތަކުގެ ކޯޑުތައް އެއްގޮތްކޮށް، ހުޅުމާލެވެސް މާލޭގެ އަވަށެއްގެ ގޮތުގައި ފާހަގަކުރުމެވެ. މިއީ ހުޅުމާލޭގެ ދިރިއުޅުމުގެ ވެށި ތަރައްޤީވަމުން އަންނަ މިންވަރާ ގުޅިގެން ގެނެވުނު ބަދަލެއް ކަމަށްވެސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement