
ސްޕްރީމްކޯޓްގެ ހުކުމާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ވާހަކަ ދޮގުކޮށް, މީޑިޔާ ކައުންސިލަށް މައްސަލަ ހުށަހަޅަނީ
ސްޕްރީމްކޯޓްގެ ހުކުމާ ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް އަދަދު ނޫހުން ޢާއްމުކުރި ޚަބަރު ދޮގުކޮށް, މީޑިޔާ ކައުންސިލަށް މައްސަލަ ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ހީނާ ވިދާޅުވިއެވެ.
" މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ވާހަކަ ދަންނަވަން." ހީނާ ވިދާޅުވިއެވެ.
އަދަދު ނޫހުން ރިޕޯރޓްކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމަށްފަހު ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް މިއަދު މެންދުރު ރައީސް އޮފީހުގައި ބާއްވައިފި ކަމަށެވެ.
އެމައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާފައިވަނީ ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ހުށަހެޅުއްވި މައްސަލަ ސްޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. އެއީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުން އިންތިޚާބުކުރި މެމްބަރު ކަމުގެ ގޮނޑި ގެއްލާނެ ކަމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލައެވެ.
ރިއެކްޝަންސް






