ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް މިދަނީ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރ ސައީދު
އިކޮނޮމިކް މިނިސްޓަރު ސައީދު / ފޮޓޯ: ރައީސް އޮފީސް

ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް މިދަނީ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރ ސައީދު

2 months ago - 15:41
Feb 18, 2025 - 15:45
Advertisement
Advertisement

ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަނޑުކޮށް މުދާ ރައްކާކުރާނެ ސްޓޯރޭޖްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިފަދައިން ވިދާޅުވެފައި ވަނީ އެމިނިސްޓްރީގެ ފަރާތުން މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

  • ރަމަޟާން މަހަށް އަސާސީ ބާވަތްތަކުގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރައްވަމުންދާކަން
  • އަސާސީ މުދަލުގެ އަގު އެނގޭނެ ޕްލެޓްފޯމެއް ޤާއިމްކުރައްވާނެކަން
  • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަނޑުކޮށް މުދާ ރައްކާކުރާނެ ސްޓޯރޭޖްތަކެއް ހެދުމަށް މަސައްކަތް ކުރައްވަމުންދާކަން
  • މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި މެދުވެރިކޮށް ބަލްކް ސްޓޯރޭޖް ހެދޭނެ ތަންތަން ބަލައި ކަނޑައަޅަމުންދާކަން
  • ރަށްރަށުގައި ހުރި ހުސްބިންތަކުގައި ބަލްކް ސްޓޯރޭޖް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން

ތަކުރާރުކޮށް ވަޒީރު ވިދާޅުވީ މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ދެމެހެއްޓެނިވި ހައްލެއް ނޫން ކަމަށާއި، ދާއިމީ ގޮތެއްގައި އަގުތައް ހިފެހެއްޓުމަށް ސަރުކާރުގެ އަމާޒަކީ ބަލްކް ސްޓޯރޭޖްތައް ޤާއިމްކޮށް، ގަނޑުކޮށް މުދާ ރައްކާކުރުން ކަމަށެވެ.

Advertisement
Advertisement

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ރަމަޟާންމަހަށް ސަރުކާރުން ވަމުން އަންނަ ތައްޔާރީތަކާއި ބެހޭގޮތުން ވަނީ ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ. މިގޮތުން ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭ ސަރަހައްދުގައި ވަގުތީ މާރުކޭޓްތަކެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން ވެސް ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement