ޙައްޖު މައުރަޒުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޝަހީމް ސަޢޫދީ ޢަރަބިއްޔާގައި
އިސްލާމިކް މިނިސްޓަރ ޝަހީމް ސައުދީ އަރަބިއްޔާގައި: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ޙައްޖު މައުރަޒުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޝަހީމް ސަޢޫދީ ޢަރަބިއްޔާގައި

1 year ago - 11:22
Jan 12, 2025 - 11:22
Advertisement
Advertisement

ޙައްޖު މައުރަޒުގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ސަޢޫދީ ޢަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ވަޒީރުގެ މިދަތުރުފުޅަކީ ސައުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށެވެ. ވަޒީރުގެ މިދަތުރުފުޅުގައި ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެއެވެ.

 

މިދަތުރުފުޅުގެ ތެރެއިން 1446 ވަނަ އަހަރު ސައުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައިވެސް ވަޒީރުގެ މިދަތުރުފުޅުގައި ސޮއިކުރެއްވަށް ވަނީ ހަމަޖެހިފައެވެ. ޙައްޖުގެ އިންތިޒާމްތަށް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement