ރަމަޟާން މަހު މާލޭގައި ބަރު އުޅަނދު ދުއްވޭނެ ގަޑިތައް ކަނޑައަޅައިފި
ރޯދަމަހު ވަކި ވަގުތެއްގައި ބަރު އުޅަނދުފަހަރު ދިއްވުން މަނާވާނެ

ރަމަޟާން މަހު މާލޭގައި ބަރު އުޅަނދު ދުއްވޭނެ ގަޑިތައް ކަނޑައަޅައިފި

1 year ago - 17:11
Feb 18, 2025 - 17:31
Advertisement
Advertisement

ރަމަޟާން މަހު މާލޭގައި ބަރު އުޅަނދު ދުއްވޭނެ ވަކި ގަޑިތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިނިސްޓްރީން ވިދާޅުވީ މި ގަޑިތައް ހިނގާނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދުތަކަށް މާލޭގައި ދުއްވޭނީ ހެނދުނު 09:30 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 06:00 އަށެވެ. މި ގަޑިތަކުގެ ބޭރުން ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި ފަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހަވީރު 16:30 އިން ރޭގަނޑު 20:00 އާ ދެމެދު ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު މާލޭގެ މަގުތަކުގައި ދުއްވުން މަނާވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ރަމަޟާން މަހު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމާއި، މާލޭގެ މަގުތަކުގައި ޓްރެފިކް މަދުކުރުންކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement