
ސަލްމާން މިސްކިތުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކަން ފަށައިފި
ސަލްމާން މިސްކިތުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކަން ފަށައިފި
ސަލްމާން މިސްކިތުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކަން ފަށައިފިއެވެ. މިއީ މިރަމަޟާން މަހު އުމްރާ އަށް ދާ މީހުންނަށް ފަސޭހައިން ޑޮލަރު ގަތުމުގެ އިންތިޒާމް ހަމަޖައްސަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖެއްސެވި އިންތިޒާމެކެވެ.
ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލްގެ ޑެބިޓު ކާޑުން ނުވަތަ ނަގުދު ފައިސާ އިންނެވެ. މިހިދުމަތް ލިބިގެންދާނީ އުމްރާ ގްރޫޕު ތަކުން ބީއެމްއެލް އަށް ހުށަހަޅާފައިވާ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލް އިން ބުންޏެވެ. ގުރޫޕެއް މެދުވެރިނުކޮށް އުމްރާއަށްދާ މީހުންނަށް، ޔޫއެސްޑީ ޕޯޓަލް މެދުވެރިކޮށް ޑޮަލަރުގެ މުއާމަލާތް ފުރިހަމަކުރުމަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލްއިން ޑޮލަރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ސަލްމާން މިސްކިތުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކަމުންދާ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުންނާއި، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް މިހިދުމަތް ނުލިބޭނެ ކަމަށް ބީއެމްއެލްއެިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް، މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ އުމްރާވެރިންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ހިދުމަތް ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ރިއެކްޝަންސް






