
އެމްކިއުއޭގެ ހުއްދަނެތި ބޭރުގައި ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ބަލައެއް ނުގަނެވޭނެ: އެމްކިއުއޭ
ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ކޯސްތައް ހުއްދަނެތި ބޭރުގައި ހިންގަމުންދާ ކަމަށް ބުނެ، އެފަދަ ކޯސްތަކުގެ ސެޓްފިކެޓްތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ވަނީ އިޢުލާންކޮށްފިއެވެ.
އެމްކިއުއޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބައެއް މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި މި ކޯސްތައް އިޝްތިހާރުކޮށް، ސެޓްފިކެޓް ދޫކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މިގޮތަށް ހިންގާ ކޯސްތަކަކީ އެމްކިއުއޭއިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި ހިންގާ ކޯސްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެމްކިއުއޭއިން އަންގާފައިވަނީ މިފަދަ ކޯސްތަކުން ދޫކުރާ ސެޓްފިކެޓްތައް ބަލައިނުގަންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްކިއުއޭއިން ނުނަގާނެ ކަމަށެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ ބައެއް ކޯސްތަކުގައި ކިޔަވައިދޭ ދަރިވަރުންނަށް ފައިސާއަށް އެސައިމަންޓް ހަދައިދޭ މައްސަލަ ބޮޑުވެގެން މިކަން ހައްލުކުރުމަށްވެސް އެމްކިއުއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
ރިއެކްޝަންސް






