ފަޒުލް މަގާމުން އިސްތިއުފާ ދެއްވައިފި
އެޗްޑިސީގެ އެމްދީ ފަޒުލް

ފަޒުލް މަގާމުން އިސްތިއުފާ ދެއްވައިފި

އިސްތިއުފާގެ ސިޓީ ވަނީ ރައީސްއަށް ފިނުއްވާފަ

1 year ago - 21:27
Dec 21, 2024 - 21:29
Advertisement
Advertisement

މިނިސްޓަރު ފެންވަރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަޒުލް އިސްތިއުފާ ދެއްވާފައި މިވަނީ ހުޅުމާލެއިން ގޯތި ނުލިބޭ ފަރާތްތަކަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ, އެމައްސަލައިގެ ތަހުގީގު ހިނގަމުންދާތީ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. އަދި ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ޕާސްޕޯރޓް ހިފަހައްޓާފައި ވަނިކޮށެވެ. ފަޒުލް އަށް އަމާޒުވާ ފާޑުކިއުން ބޮޑުވީ އޭނާގެ ބޭބެ އަށްވެސް ހުޅުމާލެއިން ބިން ދިނުމުންނެވެ. އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒީލް ރަޝީދަކީ ވެސް ބިމަށް ޝަރުތު ހަމަވާ, އަދި އުސޫލުގެ ތެރެއިން ބިން ދިން މީހެއް ނޫނެވެ.

ފަޒުލް ވަނީ މައްސަލަ ފެންމަތި ވުމާއެކުވެސް އިސްތިފާދޭން ޖެހިލުން ނުވާކަމަށް ވިދާޅުވެފައެވެ. ފަޒުލް އެޗްޑިސީގެ މެނޭޖިންގ ޑިރެކްޓަރު ކަމާ ހަވާލުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ހުންނަވާ, މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement