މަސްތުވާތަކެތި ހިމެނޭ ވޭޕް ދަރިވަރުންނަށް އޮޅުވާލައިގެން ދޭ- މިނިސްޓަރ އިހުސާން
ކަސްޓަމްސްއިން އަތުލައިގަން ވޭޕް ޝިޕްމަންޓް

މަސްތުވާތަކެތި ހިމެނޭ ވޭޕް ދަރިވަރުންނަށް އޮޅުވާލައިގެން ދޭ- މިނިސްޓަރ އިހުސާން

3 days ago - 10:58
Oct 15, 2024 - 10:59
Advertisement

ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވީ ރޭ ކެނަބިސް އަޅާފައިވާ ވޭޕް އޮއިލް ޝިޕްމަންޓެއް އަތުލައިގަންކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ކަމަށެވެ. މިޝިޕްމަންޓް ހިފަހައްޓާފައި މިވަނީ ވޭޕް އެތެރެކުރުމާއި ބޭނުން ކުރުމުން މަނާކުރަން ގުޅުންހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ. އެތެރެކުރުން މަނާކުރަނީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ބޭނުންކުރުން ކުށަކަށް ހަދަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ކެނަބިސް އަޅާފައިވާ ޝިޕްމަންޓް އަތުލައިގަތްކަން ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒު ވޭޕް މަނާކުރަން ނިންމެވީ އެފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. އޭގެފަހުން މިނިސްޓަރ ވަނީ ސްކޫލް ދަރިވަރުންނަށް މަސްތުވާތަކެތި ހިމެނޭ ވޭޕް ދޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

" މިއީ ރައީސް މުއިއްޒު މިއަދު ނެންގެވި ޑިޝިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު. ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފަ" މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ވޭޕާއި ވޭޕްގެ ބައިތައް އެތެރެކޮށް ބޭނުންކުރުން މަނާކުރަން ސަރުކާރުން ނިންމަވާފައި މިވަނީ އެކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި, ސްކޫލްތަކުން އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ގޮވާލާފައި ވަނިކޮށެވެ. ވޭޕް އާއްމުވެ, ސްކޫލް މަދަރުސާތަކުގައިވެސް ދަނީ ބޭނުންކުރަމުންނެވެ.

 

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement