ރައީސް މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ އިތުބާރު ދަމަހައްޓަވަން – ނައިބު ރައީސް

ރައީސް މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ އިތުބާރު ދަމަހައްޓަވަން – ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެ

8 months ago - 00:20
Dec 31, 2023 - 00:22

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބްރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވައި ޚިދުމަތްތެރި ސަރުކާރެއް ބިނާކުރެއްވުމަށް ކަމަށެވެ.

"ރައީސް ޑރ. އެންމެ އިސްކަން ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވައި، ޙިދުމަތްތެރި ސަރުކާރެއް ބިނާކުރެއްވުމަށް،اللهގެ އިރާދަފުޅާއެކު އެމަނިކުފާނަކީ ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ވެރިއަކަށް ވެގެންދާނެކަން ޔަގީން". ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވިއެވެ.

ނައިބުރައީސް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުގެ ހަފްތާ14 ގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް ވަރަށް ހަލުވި ސސްޕީޑުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow