15 މެޑަލް ހޯދައި ދިވެހި ފެތުމުގެ ޓީމު ތާރީޚުގެ ތެރެއަށް
ޝްރީލަންކާގެ ކެންޑީގައި ކުރިއަށްދާ އެ ގައުމުގެ ގައުމީ އަދި ގައުމީ ޖޫނިއަރ ފެތުމުގައި ބައިވެރިވި ދިވެހި ޓީމު ޖުމްލަ ފަނަރަ މެޑަލްއާއެކު ބޮޑު ކާމިޔާބެއް ހޯދައިފި
ޝްރީލަންކާގެ ކެންޑީގައި ކުރިއަށްދާ އެ ގައުމުގެ ގައުމީ އަދި ގައުމީ ޖޫނިއަރ ފެތުމުގައި ބައިވެރިވި ދިވެހި ޓީމު ޖުމްލަ ފަނަރަ މެޑަލްއާއެކު ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.
މިމަހު 26 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ޝްރީލަންކާގެ ކެންޑީގައި ކުރިއަށްދިޔަ ފެތުމުގެ މުބާރާތުގައި ބައިވެރި ދިވެހި ޓީމުން ވަނީ ރަން މެޑައްޔަކާއި 6 ރިހި މެޑަލްގެ އިތުރުން 8 ލޯ މެޑަލް ހޯދާފައެވެ.
ޝްރީލަންކާގެ ކެންޑީގައި ގަދަ ފިނީގައި ބޯވިއްސާރައިގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ 100 މީޓަރު ބަޓަފްލައި ގައި ވާދަކޮށް ރަން މެޑަލް ހޯދީ މެރާލް އައިން ލަޠީފު އެވެ. މީގެ އިތުރުން އޭނާ ވަނީ 50 މީޓަރު ބަޓަފްލައި ރޭހުން ރިހި މެޑަލް އާއި 100 މީޓަރު ފްރީސްޓައިލް ރޭހުން ލޯ މެޑަލްވެސް ހޯދާފައެވެ.
މި މުބާރާތުގައި ވަކިވަކި ކުޅުންތެރިން ހޯދި ކާމިޔާބަށް ބަލާއިރު ޖޫނިއަރ ފިރިހެން ފެތުންތެރިޔާ ލޫޠު މުޙައްމަދު ޙުސައިން ވަނީ 200 މީޓަރު ބްރެސްޓް ސްޓްރޯކުން ތިން ވަނަ ހޯދައި ރިހި މެޑަލް ހޯދާފައެވެ.
އަދި ސީނިއަރ ފެތުންތެރިޔާ މުޙައްމަދު ރީޙާން ޝިހާމް ވަނީ ލަންކާގެ އެންމެ މޮޅު ފެތުންތެރިންނާ ވާދަކޮށް 400 މީޓަރު އިންޑިވިޖުއަލް މެޑްލީން އިން 3 ވަނަ ހޯދާފައެވެ.
ތަފްސީލް އަންނަނީ. . .
ރިއެކްޝަންސް