މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ކުއްޔަށް ދޫކުރާނެ ބަޔަކު ހޯދަނީ
ގައުމީ އެއާލައިން މޯލްޑިވިއަންއަށް އެއާބަސް A330-200 ގެ މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި
ގައުމީ އެއާލައިން މޯލްޑިވިއަންއަށް އެއާބަސް A330-200 ގެ މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އެ ކުންފުންޏަށް 5 އަހަރު ދުވަހުގެ މުއްދަތަކަށް މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރާނެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މިހާރުވެސް މޯލްޑިވިއަންގެ ފްލީޓުގައި މަތިންދާ ބޯޓުގެ ތާށިކަން ބޮޑުކަން އެކުންފުނިން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.
5 އަހަރު ދުވަހުގެ މުއްދަތަށް އެކުންފުނިން ކުއްޔަށް ނެގުމަށް ނިންމާފައިވަނީ އެއާބަސް މަރުކާގެ A330-200 ގެ އެންމެ ބޯޓެކެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރެއްވުމަށާއި ބިޑްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނީ ޖަނަވަރީ މަހުގެ 18 ގެ މެންދުރުފަހު 14:30 ގެ ނިޔަލަށް ކަމަށް އައިލޭންޑް އޭވިއޭޝަން އިން ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޚާއްސަކުރެވިފައިވާ ފޯމު ކަނޑައެޅިފައިވާ ފޯމެޓުގައި ފުރިހަމަ ކުރުމަށްފަހު އެކުންފުނީގެ މެއިލްއަށް މެއިލް ކުރެވޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަން އިން ފަށާފައި މިވަނީ އެކުންފުނިން އެތެރޭގެ ދަތުރުތަކުގެ ޓިކެޓަށް ނަގަމުން އަންނަ އަގު ބޮޑުކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ރިއެކްޝަންސް