މޫސުން ގޯސްވެ "ދިވެހީންގެ ރާއްޖެ 2024" ކުޑަކުދިންގެ ހަވީރު ކެންސަލް

މޫސުން ގޯސްވެ "ދިވެހީންގެ ރާއްޖެ 2024" ކުޑަކުދިންގެ ހަވީރު ކެންސަލް

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެއްސި "ދިވެހީންގެ ރާއްޖެ 2024" ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފި

10 months ago - 10:22
Dec 31, 2023 - 10:22
Advertisement

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެއްސި "ދިވެހީންގެ ރާއްޖެ 2024" ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އާ އަހަރު ފެށުމާ ދިމާކޮށް ސަރުކާރުން ހިންގަން ރޭވި ހަރަކާތުގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ސަރުކާރުން ތައްޔާރުވީ މިއަދު ހަވީރަށެވެ.

މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވާރޭ ވެހޭތީ ކުޑަކުދިންގެ ހަވީރު ފަސްކުރި ނަމަވެސް ފަހުން ކުޑަކުދިންގެ ހަވީރު ބާއްވނެ ކަމެއް ނުވަތަ ނޫންކަންވެސް ޔޫތު މިނިސްޓްރީން ހާމަ ކުރައްވާފައެއް ނުވެއެވެ.

Advertisement

ސަރުކާރުން އާހަރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން އުފާ ފާޅު ކުރުމުގެ އެކި ހަރަކާތްތައް ރާވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ފަލަސްޠީނުގެ މުސްލިމުން ނިކަމެތި ޙާލުގައި ހަނގުރާމައެއްގެ ތެރޭގައި ތިއްބާ ދިވެހި ސަރުކާރުން އުފާ ފާޅު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement