ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

11 hours ago - 13:08
Advertisement
Advertisement

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކާއި، ޚާއްސަކޮށް ޑެންގީ ހުން ފެތުރޭ މިންވަރު ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ އެކި ދުވަސްވަރު މޫސުމީ ވިއްސާރައާ ދިމާކޮށް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.


އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހު އެކަނިވެސް ޑެންގީ ހުމާ ގުޅޭ 778 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން 40,457 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް 680 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.


ޑެންގީ ފެތުރެނީ އީޑީސް މަދިރި މެދުވެރިކޮށެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. ޑެންގީ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް ހަފާ މަދިރިއަކަށް ވާތީ، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ފެން ހަރުލާ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބޮޑެތި ބަލިތައް ހުންނަ މީހުން މި ބައްޔަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބުނިގޮތުގައި، ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. ބަލި ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށް އެ އޭޖެންސީން ތަކުރާރުކޮށް ހަނދާންކޮށްދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement