ޕޮޗެޓީނޯ އެމެރިކާ ގައުމީ ޓީމާ ހަވާލުވަނީ
ޕޮޗެޓީނޯ

ޕޮޗެޓީނޯ އެމެރިކާ ގައުމީ ޓީމާ ހަވާލުވަނީ

އަދި އެއްބަސްވުމުގައި ސޮއި ނުކުރޭ

1 month ago - 11:02
Aug 16, 2024 - 13:41

ޕޮޗެޓީނޯ އެމެރިކާ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވާން ތައްޔާރުވެއްޖެ ކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

އާޖެންޓީނާގެ ޕޮޗެޓީނޯއާއެކު މަޝްވަރާތައް ކުރިއަށް ގޮސް އެއްބަސްވުމަކާ ހަމައަސް އާދެވިފައިވާ ކަމަށް ރިޕޯރތްތައް ބުނެއެވެ. އެކަމަކު އަދި އެއްބަސްވުމުގައި ސޮއި ނުކުރެއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފައިނަލް ބައްދަލުވުން ޕޮޗެޓީނޯއާއެކު ބާއްވާނެ ކަމަށް ރިޕޯރޓްތައް ބުނެއެވެ. އެކަމަކު ރިޕޯރޓްތައް ބުނާ ގޮތުން 2026 ވަނަ އަހަރުގެ ވަރލްޑްކަޕަށް އަމާޒުކޮށް އެމެރިކާ ގައުމީ ޓީމާ ހަވާލުވާން ޕޮޗެޓީނޯ ވަނީ އެއްބަސްވެފައެވެ. އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަންގެ ސްޕޯރޓްސް ޑައިރެކްޓަރަކަށް މިހާރު ހުރީ ކުރިން ޕޮޗެޓީނޯއާއެކު މަސައްކަތްކުރު ކްރޮކާއެވެ. އޭނާ ވަނީ އިނގިރޭސި އެފްއޭގައި ވެސް މަސައްކަތް ކޮށްފައެވެ. އޭނާ މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ 2026 ވަނަ އަހަރުގެ ވަރލްޑްކަޕަށް ޓީމް ތައްޔާރުކޮށް, އެމުބާރާތުގައި އިރުޝާދުދޭނެ ދުނިޔޭގެ ފެންވަރުގެ ކޯޗެއް ހޯދުމެވެ. 

ޕޮޗެޓީނޯ އެންމެ ފަހުން މަސައްކަތް ކުރީ ޗެލްސީގައެވެ. ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއާ ހަވާލުވި ނަމަވެސް އަހަރެއްގެ ތެރޭގައި އޭނާއަށް ވަނީ މަގާމް ގެއްލިފައެވެ. މިދިޔަ މަހު ނިމުނު ކޮޕަ އެމެރިކާގައި އެމެރިކާ ޓީމްގެ ކޯޗަކަށް ހުރީ ބާހޯލްޓާ އެވެ. އެކަމަކު ނަތީޖާތައް ދަށްވުމުން އޭނާގެ މަގާމް ގެއްލުނީއެވެ. ޕޮޗެޓީނޯ ވަނީ ކުރިން ޗެލްސީގެ އިތުރުން ޓޮޓްނަމްއާއި ޕީއެސްޖީގެ ކޯޗުކަންވެސް ކޮށްފައެވެ.

އެމެރިކާ ގައުމީ ޓީމް އެންމެ އަވަހަށް ކުޅެން އޮތް މެޗަކީ ސެޕްޓެމްބަރު 7 ވަނަ ދުވަހު ކެނަޑާއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރި ކަމުގެ މެޗެވެ. އެމެޗާ ހަމައަށް ދާއިރު ޕޮޗެޓީނޯ ޓީމާ ހަވާލުވާނެ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow