ފިލިޕީންސް އިންވެސް އެމްޕޮކްސް ވައިރަސް ފެނިއްޖެ
އެމްޕޮކްސް ވައިރަސް

ފިލިޕީންސް އިންވެސް އެމްޕޮކްސް ވައިރަސް ފެނިއްޖެ

ވައިރަސް ފެނިފައިވާ 33 އަހަރުގެ ފިރިހެންމީހާ ބޭރު ގައުމަކަށް ނުދޭ

28 days ago - 15:45
Aug 19, 2024 - 15:46

ޑިސެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް އެމްޕޮކްސްގެ ކޭސް އެއް ފިލިޕީންސްގެ ވެރިރަށް މެނީލާއިން ފެނިއްޖެއެވެ. މެނީލާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯރޓްކޮށްފައިވާ ގޮތުން  ވައިރަސް ފެނުނު 33 އަހަރުގެ މީހާ އަކީ މީގެ ކުރިން އެހެން ގައުމަކަށް ދަތުރުކޮށްފައިވާ މީހެއްނޫނެވެ.

"މިތާގައި އެމްޕޮކްސްގެ ވައިރަސް އެބައޮތް. އޭނާ އެހެން ގައުމަކަށް ދަތުރެއްނުކުރޭ. މިއީ އެންމެނަށްވެސް އޮތް އިންޒާރެއް" މެނީލާގެ ހެލްތު ސެކްރެޓަރީ ޓެޑީ ހާބޮސާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ފިލިޕީންސުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް އެމްޕޮކްސް ގެ 9 ކޭސް ފެނުނެވެ.

ހާބޮސާ އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ކޯވިޑް-19ގެ ޙާލަތުގައި އަމަލުކުރަމުން އައިގޮތަށް, އާންމު ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތާ އެއްގޮތަށް ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ. އެފްރިކާ ބަރުގެ 13 ގައުމަކުން އެމްޕޮކްސް ކޭސްތައްފެނި ކޮންގޯގެ ޙާލަތު ގޯސްވުމާ ގުޅިގެން މިމަހު 14 ގައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ ޢާންމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައެވެ. 

ފިލިޕީންސް އިން ފެނުނީ އެމްޕޮކްސްގެ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ޓެސްޓް ކުރަމުންދާއިރު, ސްވިޑަންއިން ވެސް އެމްޕޮކްސްގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް ފާއިތުވި ހަފްތާގައި ރިޕޯޓްކޮށްފައެވެ. މިއީ ނުރައްކާބޮޑު, އަދި ފަސޭހައިން ފެތުރޭ ވޭރިއަންޓެކެވެ. 

Advertisement

އެމްޕޮކްސްއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ދުނިޔޭގައި މިބަލި ފެތުރެން ފެށުމާއި އެކު އެޗް.ޕީ. އޭ އިން ދަނީ ހާލަތު މޮނިޓަރ ކުރަމުންނެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން, ބަލި ފެތުރިދާނެ ކަމަށްބަލާ މިބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް އެފަރާތުން ދަނީ ވަމުންނެވެ. ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތް ވަރާއި, ފެތުރުމުގެ މިންވަރު ދެނެގަތުމާއި, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި, ބައްޔަށް ޓެސްޓް ކުރުމާއި, ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް އެބަޔާނުގައި ވެއެވެ.

އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމުގޮތެއްގައި ފެތުރެނީ ޖިންސީގުޅުމުގެ ޒަރީއާއިން ކަމުގައިވީނަމަވެސް އެހެނިހެން ގޮތްގޮތުންވެސް ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ބަލިޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި އުފެދޭ ދިޔަ އަނެއް މީހާގެ ގައިގައި ޖެހުމުން, ބަލިމީހާ ބޭނުންކޮށްފައިވާ އަނަނައުނު, ތުވާލި ނުބަތަ ބެޑްޝީޓް ފަދަ ތަކެތީގައި އެދިޔަ ހޭކިފައިހުއްޓާ އަތްލެވުމުން, އަދި ބަލިމީހާގެ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންވެސް މިބަލި ޖެހެއެވެ. 

އެމްޕޮކްސް ގެ އެންމެ އާންމުކޮށް ފެންނަ އަލާމަތްތަކުގެ ތެރޭގައި ހުންއައުން, ގައިގައި ރިއްސުން, ވަރުބަލިވުން, ގޮށްލުން އަދި ހަމުގައި ބިހިނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރު މިބަލީ އަމިއްލަ ޒާތުގައި ރަނގަޅުވީނަމަވެސް, ޙާލަތަށް ބަލާ ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވެދާނެއެވެ. މިބައްޔަކީ އަދި ވަކި ޙާއްސަ ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow