ޣައްޒާގެ މައްސަލައިގައި ސްވިޑަންގައި ހުންނަ އިޒްރާއިލްގެ ސަފީރު ހާރިޖީ ވުޒާރާއަށް ހާޒިރު ކުރަނީ
ސްބިޑެންގައި ހުންނަ އިޒްރާއިލްގެ އެމްބަސެޑަރު (ކ) އަދި ސްވިޑެން ގެ ބޮޑުވަޒިރު

ޣައްޒާގެ މައްސަލައިގައި ސްވިޑަންގައި ހުންނަ އިޒްރާއިލްގެ ސަފީރު ހާރިޖީ ވުޒާރާއަށް ހާޒިރު ކުރަނީ

1 day ago - 22:03

އިޒާރްއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވައްނަ މިންވަރު މަދުވެ އެކަމާ ގުޅިގެން އިޒްރާއިލްއާ މެދު ހިތްހަމަ ނުޖެހި ސްވިޑެންގައި ހުންނަ އިޒްރާއިލްގެ ސަފީރު އެގައުމުގެ ހާރިޖީ ވުޒާރާއަށް ހާޒިރުކުރާނެކަމަށް ހޯމަ ދުވަހު ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވިދާޅުވެއްޖެއެވެ. 

ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮންނަތާ 11 ހަފުތާ ފަހުން އިޒްރާއިލްއިން މީގެ ހަފުތާއެއް ކުރިންވަނީ މަދު އަދަދެއްގެ އެހީގެ ސާމާނު ޣައްޒާއަށް އެތެރެވުމަށް ހުއްދަ ދީފައެވެ.

 ގިނަ ގައުމުތަކެއްގެ ފިއްތުންތަކާއެކު އިޒްރާއިލްއިން އަލުން އެހީ ވަނުމަށް ހުއްދަ ދިން ނަމަވެސް ފާއިތުވި ހަފުތާގެ ތެރޭގައި ޣައްޒާއަށް އެތެރެވެފައިވަނީ ދެތިން ސަތޭކަ ޓްްރަކްގެ އެހީގެ ސާމާނެވެ. އޭގެތެރޭގައިވެސް ކާބޯތަކެތީގެ އެހީ މަދެވެ. މިއީ ބަނޑަށްޖެހިފައިވާ ޣައްޒާގެ 2 މިިލިއަން މީހުންގެ އާބާދީއަށް އެކަށޭނެ ވަރާ ގާތްކުރާ މިންވަރެއްވެސް ނޫންކަމަށް އދ ން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ސްވިޑެން ގެ ނޫހެއްކަމަށްވާ ޓީޓީއަށް ކްރިސްޓަސަން ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން އިޒްރާއިލްއާ ދެކޮޅަށް އެކަމާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި ޣައްޒާއަށް އެކަށީގެންވާ މިންވަރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރާއިލްއަށް ބާރުއަޅާ, ފިއްތުންތައް ކުރުމަތި ކުރުވަންވެސް ޖެހޭނެ ކަމުގައެވެ.

Advertisement
Advertisement

ކްރިސްޓަސަން އިތުރަށް ވިދާޅުވީ ވިލާތުގެ ޤައުމުތަކުން މިހާރު ކޮމްވެސް ސިފައެއްގައި އެކަން ކުރާ ކަމަށެވެ. އަދި އޭގެ ނަތީޖާ ފެންނަމުންވެސް ދާ ކަމަށެވެ. ކަްރިސްޓަސަން ވިދާޅުވި ވާހަކަފުޅޫތައް ބޮޑުވަޒީރުގެ އޮފީހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow