ގުލާގެ ހަމައެކަނި ގޯލުން ހޯދި ހަނި މޮޅާއެކު ރެއާލުން އަދިވެސް ލީގު ހޯދުމުގެ އުއްމީދުގައި
މެޗަށްފަު އަންޗޮލޮޓީ ގުލާގައިގައި ބައްދާލަނީ. ފޮޓޯ: ލަލީގާ

ގުލާގެ ހަމައެކަނި ގޯލުން ހޯދި ހަނި މޮޅާއެކު ރެއާލުން އަދިވެސް ލީގު ހޯދުމުގެ އުއްމީދުގައި

2 months ago - 06:31
Apr 24, 2025 - 07:16

ސްޕެނިޝް ލަލީގާގައި ގެޓާފޭ  އާ ދެކޮޅަށް ރޭ އަރްދާ ގުލާ ކާމިޔާބުކުރި ގޯލުން 1-0 ން މޮޅުވެ ރެއާލް މެޑެރިޑުން ލީގު ހޯދުމުގެ އުއްމީދު ދަމަހައްޓައިފިއެވެ. ރެއާލުންވަނީ ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާ އާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ލީގުގައި ބާކީ ދެންއޮތީ ފަސް މެޗެމެ.

ބާސެލޯނާއިން ބުދަ ދުވަހު ވަނީ މަލޯކާގެ މައްޗަށް 1-0 ން ކުރިހޯދާ ހަތްޕޮއިންޓްގެ ލީޑަކާ އެކު 76 ޕޮއިންޓުން ތާވަލްގެ ކުރީގައި ހަމަޖެހިލާފައެވެ. ނަމަވެސް ރެއާލުން ރޭ ތިން ޕޮއިންޓް ކަށާވަރުކުރުމާއި އެކު ފަރަގު މިވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. ދެވަނައިގައި ރެއާލް އޮތީ 72 ޕޮއިންޓާއެކުއެވެ.

ފުރަތަމަ ހާފު ފެށިގެން 21 ވަނަ މިނިޓްގެ ގައި އޭރިއާގެ އަރިމަތިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށްގެން މެޗުގެ ހަމައެކަނި ގޯލް ރެއާލްއަށް ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުން އަންނަ ތުރުކީގެ އަރްދާ ގުލާއެވެ. މެޗުގައި ރެއާލަށް ނަތީޖާގެ ފަރަގު ބޮޑުކުރަން ގިނަ ފުރުޞަތު ތަކެއް ލިބުންނަމަވެސް ބޭނުންކުރެވޭ ގޮތެއް ނުވިއެވެ.

ރޭގެ މެޗުގައި ރެއާލްގެ ބައެއް މުހިއްމު ބައެއް ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ. ހޮނިހިރު ދުވަހު އޮންނަ ކޮޕާ ޑެލް ރޭ ގެ ފައިނަލްއަށް ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ކޯޗުވަނީ ފުރުޞަތު ދީފައެވެ. ކޮޕާ ޑެޕް ރޭ ގެ ފައިނަލްގައި ރެއާލް ނިކުންނާނީ ވާދަވެރި ބާސެލޯނާ އާ ދެކޮޅަށެވެ.

Advertisement
Advertisement

ޗެޕްމިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި އާސެނަލް އަތުން ބަލިވި މެޗުގައި ކީލިއަން އެމްބާޕޭގެ ފައިގެ ކުޑަހުޅަށް އަވިޔާވެފައިވާއިރު ޖޫޑް ބެލިންގްހަމް, ރޮޑްރީގޯ, ލޫކާ މޮޑްރިޗް, އެންޓޯނިއޯ ރުޑީގާ އަދި އެޑުއާޑޯ ކަމަވިންގާވެސް ރޭ ތިބީ ބެންޗުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow