
އިދިކޮޅު ޓީމުގެ ކޯޗުގެ ކަރުގައި ހިފުމުން މެސީ ޖޫރިމަނާކޮށްފި
އެމެރިކާގެ މޭޖަރ ސޮކާ ލީގު (އެމްއެލްއެސް) ގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ލީގު ޕޮލިސީ އާ ޙިލާފްވުމުން އިންޓަރ މަޔާމީގެ ކެޕްޓަން ލަޔަނަލް މެސީ ޖޫރިމަނާކޮށްފިއެވެ. މެސީ ޖޫރިމަނާކުރީ ނިޔުޔޯކް ސިޓީގެ އެސިސްޓަންޓް ކޯޗު, މެހެދީ ބަލޫޝީ ކަރުގައިގައި ހިފުމުންނެވެ.
އެމްއެލް އެސްގެ ޑިސިޕްލިނަރީ ކޮމިޓީން މެސީ އާ ދޭތެރޭ ފިޔަވަޅު އަޅާފައިވަނީ ފެބުރުވަރީ 22 ވަނަ ދުވަހު އިންޓަރ މަޔާމީ އާއި ނިޔު ޔޯކް ސިޓީ ކުޅެ 2-2ން އެއްވަރުވި މެޗުގައި ހިނގާދިޔަ ކަންތަކުގެ ސަބަބުން ކަމަށް ކޮމިޓީން ބުނެފައި ވެއެވެ. ނަމަވެސް މެސީ ޖޫރިމަނާކުރީ ކިހާވަރަރެއްގެ އަދަދަކުން ކަމަށް ބުނެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެ އަދަދު އެއް ލައްކަ ޑޮލަރަށް އަރާނެއެވެ.
އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާޞިލްކޮށްފައިވާ މެސީބަލޫޝީގެ ބޮލުގަ އާއި ކަރުގައި ހިފާ ކޯޗަށް ހަމަލާދީފައިވަނީ ޖަޒުބާތުގައި ޖެހިގެންކަމަށް މަޔާމީގެ ކޯޗު ހާވިއާ މަޝެރާނީ ވަނީ ބުނެފައެވެ. ހަމަ މިމެޗުގައި މިޔާމީގެ ފޯވާޑް ލުއިސް ސުއަރޭޒްވެސް ހާފް ޓައިމްގައި ވަނީ އިދިކޮޅު ކުޅުންތެރިޔާ ބާކް ރިސާ ކަރުގައި ހިފާފައެވެ. އެ މައްސަލައިގައި ސުއަރޭޒްއަށްވެސް ޑިސިޕްލިނަރީ ކޮމީޓީން ވަނީ އަދަބު ދީފައެވެ.
މަޝެރާނޯ ބުނީ ދެކުޅުންތެރިނަށްވެސް ހެދުނީ ގޯހެއްކަމަށް ޗޭންޖިން ރޫމްގައި ކުޅުންތެރިންނާ ދެއްކި ވާހަކަތަކުން ކުޅުންތެރިކަން ޤަބޫލުކުރާކަން އެނގުނު ކަމުގައެވެ.
ރިއެކްޝަންސް






