
ޗެލްސީން ސައުތަމްޕްޓަން ބަލިކޮށް އުއްމީދު އާކޮށްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތަމްޕްޓަން 4-0 ން ބަލިކޮށް ޗެލްސީ ތާވަލްގެ ހަތަރުވަނަ މަޤާމަށް ޖެހިލައިފިއެވެ. ޗެލްސީގެ މި މޮޅާއެކު ކުރިއަށް އޮތް ސީޒަންގައި ޗެމްޕިއަންސް ލީގުގައި ދެމި އޮވެވޭނެ ކަމުގެ އުއްމީދު ވަނީ އާކޮށްފައެވެ.
27 މެޗުން 46 ޕޮއިންޓާއެކު ޗެލްސީ ކުރިއަށް ޖެހިލީ މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ޔުނައިޓަޑް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ލީގު ތާވަލްގެ ފުލުގައި އޮތް ސައުތަމްޕްޓަން އަށް މިއީ ސީޒަންގެ 22 ވަނަ ބައްޔެވެ.
މެޗު އެއްކޮށްހެން ޑޮމިނޭޓް ކޮށްގެ ކުޅުނު ޗެލްސީން ފުރަތަމ ގޯލް ކާމިޔާބުކުރީ 24 ވަނަ މިނިޓްގައި ކްރިސްޓޮޕަރ ކުންކޫއެވެ. ލީޑު ފުޅާކުރުމުގައި ވެސް އޭނާ އެހީތެރިވި އިރު ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޕެޑްރޯ ނޭޓޯއެވެ. 3-0 ން ފުރަތަމަ ހާފު ނިންމާލި އިރުވެސް ބޮޑު ލީޑެއްގައި އޮތް ޗެލްސީއަށް ތިންވަނަ ގޯލް 44 ވަނަމިނިޓްގައި ކާމިޔާބުކޮށްދިނީ ލެވީ ކޮލްވިލްއެވެ. އެއީ ނޭޓޯ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
މެޗުގެ 78 ވަނަ މިނިޓްގައި ޗެލްސީގެ ހަތަރުވަނަ ގޯލް ސެޕްއިންގެ މާކް ކުކުރެޔާ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ނިކުއިން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ ތައިރީޤް ޖޯޖް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ.
ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބާންމައުތު ބައްދަލުކުރި މެޗު 2-1 ން ކާމިޔާބުކުރީ ބްރައިޓަން އެވެ. އެސްޓަންވިލާ އަތުން 1-4 ން ކްރިސްޓަލް ޕެލަސް ކުރިހޯދިއިރު, ފުލަމްއިން ވުލްވުސް ބަލިކުރީ 2-1 ންނެވެ.
ރިއެކްޝަންސް






