
ސްޕްރީމް ކޯޓް ބެންޗް ކުޑަކުރާ ބިލް މަޖިލިހުން ފާސްކޮށްފި
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ބެންޗުގެ އަދަދުން ފަސް މެމްބަރުންނަށް މަދުކުރުމަށް ކޯޓުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ބިލް ފާސްކުރީ 68 މެމްބަރުންގެ ވޯޓުންނެވެ. ބިލަށް ވޯޓަށްއެހީ އާންމުކޮށް އަމަލުކުރާ އުސޫލާ ތަފާތުކޮށް ކޮންމެ މެމްބަރެއްގެ ކައިރީގައި ވަކިވަކިން ވޯޓަށް އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވަނީ ވޯޓް ދެއްވާފައެވެ.
މަޖިލީހުގެ ރިޔާސަތުން މިގޮތަށް ވޯޓަށް އަހަން ނިންމީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ކަމުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު އެމްޑީޕީ ގެ މެމްބަރުން ބިލް ފާސްކުރުމަށް ވޯޓް ދީފައި ނުވާއިރު, އިއްޔެ ތަޅުމުގައި ބިލަށް ބަހުޘްކުރި އިރު އެމްޑީޕީން ވަނީ އެ ބިލަކީ ސަރުކާރުން ކޯޓުތަކަށް ނުފޫޒުފޯރުވުމުގެ ގޮތުން ހުށަހެޅި ބިލެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. ބިލް ފާސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީން ތްރީލައިން ވިޕެއްވެސް ވަނީ ނެރެފައެވެ. ނަމަވެސް ވޯޓުގައި ބައެއް މެމްބަރުން ބައިވެރިވެފައި ނުވާއިރު ހިތަދޫ ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ފްލޯ ދޫކޮށް ނިކުންނަވާފައެވެ.
ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި މިވަނީ ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހް ބާތިލްކުރަން ހުށަހަޅާފައިއޮތް މައްސަލަގެ އަޑުއެހުމެއް މިއަދުގެ 11:00 އަށް އެކޯޓުގައި ތާވަލްކޮށްފައި އޮށްވައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ޤާނޫނަށް ގެނައި ބަދަލާއި, ފަނޑިޔާރުން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި ނިންމުމާއެކު މިވަގުތު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ދެން ކުރިއަކަށް ނުގެންދެވޭނެއެވެ.
ރިއެކްޝަންސް






