ކޮޕާ އިޓާލިއާގެ ސެމީގައި އޭސީ މިލާން އަތުން ބަލިވެ، އިންޓަރ އަށް ތިންތަށި ހޯދުމުގެ ހުވަފެން ބިލާހަކަށް
ފައިނަލަށް ދަތުރުކުރި އޭސީ މިލާންގެ ކުޅުންތެރިން. ފޮޓޯ: އޭސީ މިލާން

ކޮޕާ އިޓާލިއާގެ ސެމީގައި އޭސީ މިލާން އަތުން ބަލިވެ، އިންޓަރ އަށް ތިންތަށި ހޯދުމުގެ ހުވަފެން ބިލާހަކަށް

2 months ago - 06:59
Apr 24, 2025 - 07:17

ރޭ ކުޅުނު ކޮޕާ އިޓާލިއާގެ ސެމީފައިނަލްގައި އޭސީ މިލާނުން 3-0 ން އިންޓަ މިލާން ބަލިކޮށްފިއެވެ. މިއާއެކު އިންޓަރ މިލާން އިން މިސީޒަނުގައި ތިން ތަށި ހޯދުމަށް ދެކުނު ހުވަފެން ވަނީ ފުނޑުފުނޑުވެފައެވެ.

ދަށް ސީޒަނެއް ހޭދަކުރަމުންދާ އޭސީ މިލާނުން އިންޓަރ ގެ ހުވަފެން ފުނޑުފުނޑުކޮށްލުން ފިޔަވައި މާބޮޑު ކަމެއް މިސީޒަނުގައި ހާސިލްކުރެވުފައެވެ ނުވެއެވެ. ނަމަވެސް އިންޓަރ މިލާން އާ ވާދަވެރި މެޗުތަކެއްވަނީ ކުޅެފައެވެ. މިއީ ސީޒަނުގައި އޭސީ މިލާން އިން އިންޓަރ މިލާންގެ މައްޗަށް ކުރިހޯދި ތިންވަނަ ފަހަރެވެ. ޖެނުއަރި މަހު އިޓާލިއަން ސުޕަރ ކަޕްގެ ފައިނަލްގައި ވެސް ވަނީ އިންޓަރ ބަލިކޮށްފައެވެ.

މިލާން ފައިނަލަށް ދަތުރުކުރީ ރޭގެ މެޗުން މޮޅުވެ ދެ ލެގުން 4-1 ގެ އެގްރެގޭޓުންނެވެ. މިއީ ކޯޗު ސާޖިއޯ ކޮންޝޭސިއޯގެ މަޤާމް ދެމެހެއްޓުމަށްޓަކައި މިލާންއަށް ކޮންމެހެންވެސް މުހިއްމު ތައްޓެކެވެ. ސެރީ އޭގައި މިލާން މިވަގުތު އޮތީ ނުވަ ވަނައިގައެވެ.

ބުދަ ދުވަހު ކުޅުނު ސެމީފައިނަލްގައި އޭސީ މިލާންގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށްދިނީ ލޫކާ ޖޮވިޗް އެވެ. ފުރަތަމަ ގޯލް 36 ވަނަ މިނިޓްގައި ކާމިޔާބުކުރުމުގައި އެހީތެރިވީ އަލެހަންޑްރޯ ޖިމިނެޒްއެވެ. ދެވަނަގޯލް ކާމިޔާބުކުރީ 50 ވަނަ މިނިޓްގައެވެ. މެޗުގައި މިލާންގެ ފަހު ގޯލް 85 ވަނަ މިނިޓްގައި ކާމިޔާބުކުރީ ތިޖާނީ ރެއިންދާސް އެވެ.

Advertisement
Advertisement

އިންޓަރ އިން ފެށުން ރަނގަޅުކޮށް ލީޑުނަގަން ރަނގަޅު ފުރުޞަތެއް ހޯދި ނަމަވެސް ވަނީ ބޭކާރުވެފައެވެ. އޭގެ ފަހުން ކެޕްޓަން ލައުރާޓޯ މާޓިނޭޒްއަށްވެސް ރަނގަޅު ފުރުޞަތެއް ލިބި ވަނީ ބޭކާރު ވެފައެވެ.

ސެރީ އޭ ތާވަލްގެ ކުރީގައި އޮތް އިންޓަރ މިލާން އެންމެ ފަހުން ކުޅުނު މެޗުން ބޮލޯނާ އަތުންވެސް ވަނީ 1-0 ން ބަލިވެފައެވެ. ޗެޕްމިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓަރ މިލާން ވާދަކުރާނީ ބާސެލޯނާ އާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow