ސައިކަލްގައި ދުއްވާފަ ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި އިސާމް

ސައިކަލްގައި ދުއްވާފަ ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

1 year ago - 13:25
Dec 20, 2024 - 13:25
Advertisement
Advertisement

ސައިކަލްގައި ދުއްވާފަ ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ. އެމައްސަލާގައި ފުލުހުން އިއްޔެ ހަވީރު ހައްޔަރުކުރީ ވ.ފިޔަބަރި ހަސަން އިސާމް (30) އެވެ.

އިސާމް ހައްޔަރުކުރީ ސީދާ ފަށެއް ފޭރިގަނެގެން ކަމަށް ފުލުހުން ނުބުނެވެ. ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި އަލިކިލެގެފާނު މަގުން ދިޔަ މީހަކު, އެމަގުން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވާ ފޭރެން މަސައްކަތް ކުރި މައްސަލައެއް ހުށަހެޅި, ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައްސަލައިގަ އިސާމް ހައްޔަރުކުރީ ހަވީރު 17:20 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލާގައި ފުލުހުން އިސާމް ހައްޔަރުކޮށްފައި ވަނީ އެހާދިސާގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުވަމުން ދަނިކޮށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އިސާމް އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރި ގަންނަނީ ސައިކަލެއްގައި އަރާ ހަމަކުރުމަށްފަހުއެވެ. އިސާމް އިނީ ހެލްމެޓް އަޅައިގެންނެވެ. ފަހުން އިސާމް ސައިކަލް ބަހައްޓާފަ އަންހެން މީހާ ފަހަތުން ގޮސް ފޭރެން އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. މިއަމަކު ހިންގާފައި ވަނީ ދުވާލު ވަގުތުއެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement