އިންޑިޔާއާ ގުޅުން ބަދަހިކުރަން ސަރުކާރުން ކުރާ މަސައްކަތް ބަލައި ނުގަންނަ ފަރާތްތަކަށް ނަޝީދުގެ މެސެޖެއް!
ރައީސް މުއިއްޒު ޖައިޝަންކަރާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އިންޑިޔާއާ ގުޅުން ބަދަހިކުރަން ސަރުކާރުން ކުރާ މަސައްކަތް ބަލައި ނުގަންނަ ފަރާތްތަކަށް ނަޝީދުގެ މެސެޖެއް!

ނަޝީދު ހިއްސާކުރެއްވީ ޝާހިދުގެ ވީޑިއޯއެއް

1 month ago - 08:42
Aug 11, 2024 - 11:24
Advertisement

އިންޑިޔާއާ ގުޅުން ބަދަހިކުރަން މި ސަރުކާރުން މިހާރު ކުރއްވަމުން ގެންދަވާ މަސައްކަތް ބަލައި ނުގަންނަ ފަރާތްތަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވ ަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވުމުގެ ދެދުވަސް ކުރިން އެމްޑީޕީން ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުالله ޝާހިދު ދެއްކެވި ވާހަކައެއް ރިޓްވީޓް ކުރައްވާ ނަޝީދު ވިދާޅުވީ ފެނިވަޑައިގަންނަވަނީ އުސޫލުގައި ނުހިފެހެއްޓޭތަން ކަމަށެވެ. އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓް ކުރައްވާފައިވާ ޝާހިދުގެ ވީޑިއޯ ހިއްސާ ކުރައްވާ ނަޝީދު ވިދާޅުވީ އިންޑިޔާ-ރާއްޖެގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށްް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ, ކުރިން ކަންވެފައި އޮތް ގޮތް ފާހަގޮށް ސަރުކާރަށް މަލާމަތް ކުރާނަމަ އެކަމުން ދޭހަވަނީ އިންޑިޔާ-ރާއްޖެ ގުޅުމަށް ނޭދޭކަން ކަމަށެވެ.

" ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން" ނަޝީދު ވިދާޅުވެފައި ވެއެވެ.

ފާއިތުވި ދެ ދުވަހު އެމްޑީޕީގެ އެކްޓިވިސްޓުންނާއި, ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކުން ގެންދަނީ މިސަރުކާރުން އިންޑިޔާގެ ގުޅުން ވަރުގަދަ ކުރަން ފެއްޓެވި މަސައްކަތްތަކަށް މަލާމާތްކޮށް, ސޯޝަލް މީޑިޔާގައި އެކި ޕޯސްޓްތައް ހިއްސާ ކުރަމުންނެވެ. ޚާއްޞަކޮށް މިސަރުކާރުގެ ބޭފުޅުން ކުރިން ދައްކަވާފައި ހުރި ވާހަކަ ތަކާއި, މިހާރު ދައްކަވަމުންދާ ވާހަކައަމާއި, ކުރިން އަމަލުކޮށްފައި ހުރި ގޮތާއި, މިހާރު ކުރައްވަމުންދާ ގޮތް މަލާމާތުގެ ގޮތުގައި ދަނީ ހިއްސާ ކުރަމުންނެވެ.

Advertisement

ނަޝީދު ހިއްސާކުރެއްވި ޝާހިދުގެ ވީޑިއޯގައި ވިދާޅުވެފައިވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން ސަރުކާރުން ހޫނު މަރުހަބާއެއް ވިދާޅުވެ, އިންޑިޔާ ރާއްޖޭގެ ގުޅުން ކުރިން އޮތް ގޮތަޢް ބާއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަމަކު އެއާ ވިދިގެން ދެން ވިދާޅުވީ މިސަރުކާރުން އަވަށްޓެރި ގައުމުތަކާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ނެތްކަމަށް ކުރިން ވިދާޅުވަމުން ގެންދެވި ކަމަށާއި, ދުނިޔޭގެ އެތައް މިތަނަށް ދަތުރުކޮށްގެންވެސް ބޮޑު ލާރިއެއްވެސް ދިއްކޮށްލާނެ މީހަކު ނުވުމުން މިހާރު އަނެއްކާވެސް އިންޑިޔާ ކަމަށެވެ. ކުރިން އިންޑިޔާ އައުޓް ނަމަވެސް މިހާރު މިސަރުކާރުގެ ސިޔާސަތަކީ ވެލްކަމް އިންޑިޔާ ކަމަށް މަލާމާތުގެ ރާގެއްގައި ޝާހިދު ވިދާޅުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement