ޖައިޝަންކަރު އެމްޑީޕީގެ ރައީސް ޝާހިދުއާ ބައްދަލުކުރައްވައިފި
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުއާ ބައްދަލުކުރައްވައިފި އެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރީގެ ފޮރިންގ މިނިސްޓަރ އަބްދުالله ޝާހިދުއާ ބައްދަލުކުރެއްވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިންޑިޔާގެ ގުޅުން ބަދަހިކުރެއްވުމަށް ޝާހިދުކުރެއްވި މަސައްކަތްޕުޅުވެސް ފާހަގަކުރެއްވިއެވެ. ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަބްދުالله ޝާހިދަނީ އިންޑިޔާއާ އޮތް ގުޅުން ބަދަހި ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފޮރިންގ މިނިސްޓަރުގެ ހައިސިއްޔަތުން އެގުޅުން އިތުރަށް ބަދަހި ކުރައްވާ އިންޑިޔާގެ އެހީ ތަފާތު ރޮނގުތަކުން ހޯއްދެވިއެވެ. ކޮވިޑްގެ ހާލަތުގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރި ހިނދުވެސް އެމަޖެންސީ ހާލަތުގައި ޞިއްހީ ފަރުވާއަށް އިންޑިޔާއަށް ދެވޭނެ މަގު ތަނަވަސްކޮށްދެއްވި އެވެ. އަދި ކޮވިޑް ވެކްސިންއާއި ސިއްހީ ހާލަތަށް ބޭނުންވާ ބޭސް ލިބޭނެ ގޮތް ހަމަޖެއްސެވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި އިންޑިޔާއާއެކު އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ. މިސަރުކާރު އިންތިޚާވިއިރު ގުޅުން ގޯސްވި ނަމަވެސް މިހާރު އެގުޅުން ބަދަހި ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ.
ރިއެކްޝަންސް