ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި
ކޮމިޝަންގެ ރައީސް ޑރ.މުޞަންވަރު: ފޮޓޯ-އެޓޯލް ޓައިމްސް

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި

ކޮމިޝަންގެ ރައީސްއަކީ ޑރ.މުނަންވަރު

9 hours ago - 06:16
Apr 27, 2025 - 06:16
Advertisement
Advertisement

 

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި އެވެ.

މިމަހުގެ 18 ވަނަ ދުވަހުގެރޭ މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްލި ކޮމިޝަންގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނަންވަރުއެވެ. އެކޮމިޝަންގައި ދެން ތިއްބަވަނީ މެޑިކަލް ޑރ.މުޙައްމަދު ހަބީބު އާއި  ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު އެވެ.

މިކޮޝަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމަށް ކޮމިޝަން އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Advertisement

 

 

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛

(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛

3

(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛

(ނ.) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛

(ރ.) ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛

 (ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛

(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި،

އެނޫން ވެސް މަޢުލޫމާތު ހޯދުން.

ކޮމިޝަނާ މަތިކުރެއްވި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

ޚާއްޞަ ކޮމިޝަނެއް އުފައްދަވާފައި މިވަނީ މިނިވަން ތަހުޤީގަކަށް ގޮވާލާ ޒުވާނުން މުޒާހަރާ ކުރަން ފަށާފައި ވަނިކޮށެވެ. އަދި ފުލުހުންގެ ތެހުގީގުގެ ބަދަލުގައި އެހެން ބަޔަކު މައްސަލަ ތަހުގީގު ކުރަންވެސް ގޮވާލަމުން ދަނިކޮށެވެ. ކޮމިޝަން އެކުލަވާލެއްވިއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމްގައި ހުންނެވި އަލީ ޝުޖާޢު ވަނީ ރޭ އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement