ފުލުހުންގެ އިދާރާ ހިންގެވުން ނަވީންއާ ހަވާލުކުރައްވައިފި
ނަވީން އަށް ޑެޕިއުޓީ ކޮމިޝަނަރުކަން ހަވާލުކުރަނީ

ފުލުހުންގެ އިދާރާ ހިންގެވުން ނަވީންއާ ހަވާލުކުރައްވައިފި

12 months ago - 21:09
Apr 26, 2025 - 21:09
Advertisement
Advertisement

ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގެވުން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ހަވާލުކުރައްވައިފި އެވެ. ފުލުހުންގެ މުއައްސަސާ ހިންގެވުން ވަގުތީ ގޮތުން ނަވީންއާ ހަވާލުކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމުންނެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ނަވީންއާ ފުލުހުންގެ މުއައްސަސާ ހިންގެވުން ހަވާލުކުރެއްވި އެންމެ ބޮޑު ސަބަބަކީ އެމުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި އެ ތަހުޤީގުގެކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ނަވީން ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅައިފިކަމަށް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ތަހުގީގު ކަމަށް މިނިސްޓަރ އިޝާރާތް ކުރެއްވީ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާދެއްވީ އެތަހުގީގާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ބޮޑަތި ފާޑުކިއުންތަކެއް އަމާޒުވުމާއެކު, ސީޕީގެ އިސްތިއުފާއަށްވެސް ގޮވަމުން ދަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement