އެލް ކްލެސިކޯގެ ހުރިހާ ރަހައަކާއެކު ރެއާލް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ކަޕް އުފުލާލައިފި
ބާެސެލޯނާ ސްޕަކަޕް އުފުލާލަނީ

އެލް ކްލެސިކޯގެ ހުރިހާ ރަހައަކާއެކު ރެއާލް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ކަޕް އުފުލާލައިފި

9 hours ago - 06:34
Apr 27, 2025 - 06:36

އިތުރު ވަގުތުގެ ދެވަނަ ހާފުފައި ޖޫލްސް ކޫންޑޭ ކާމިޔާބުކޮށްދިން ގޯލާއެކު 3-2 ން ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ކަޕް (ކޮޕާ ޑެލް ރޭ) އުފުލާލައިފިއެވެ. ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީން ކަމަށް ބެލެވިފައި ވަނިކޮށް, 22 ޔާޑު ދުރުން ކޫންޑޭ ފޮނުވާލި ބޯޅަ ގޯލްގެ ތިރީ ކަނަށް އަމާޒުވުމާއި, އިތުރުވަގުތާއި, ރަތްކާޑު ތަކާއެކު މެޗުން ވަނީ އެލް ކްލެސިކޯގެ ހުރިހާ ރަހައެއް ފެނިގެން ގޮސްފައެވެ.

32 ވަނަ ސްޕެނިޝް ކަޕާއެކު ބާސެލޯނާއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް މިއީ 2021 ވަނަ އަހަރު ފަހުން ބާސެލޯނާއިން މިތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

ސެވިއްޔާގެ ލަ ކާޓުޖާ ގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން މޮޅު ކުޅުމެއްދަކާ, ލީޑުވެސް ނެގީ ބާސާއިންނެވެ. ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތުގައި އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުކޮށްގެން ފުރަތަމަ ގޯލް 28 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕެޑްރީއެވެ.

ދެވަނަ ހާފުގައި ކީލިއަން އެމްބާޕޭ ކުޅުމުގެ ތެރެއަށް ނިކުތުމާއެކު ރެއާލްގެ ކުޅުން ވަރަށްބޮޑަށް ރަނގަޅުކޮށް ރެއާލަށް ނަތީޖާއެއްވަރުކޮށްދިނީ ވެސް ހިލޭ ޖެހުމަކުން އެމްބާޕޭއެވެ. އޭގެ ހަތް މިނިޓްފަހުން މެޗުގެ 77 ވަނަ މިނިޓްގައި އަރްދާ ގުލާ ނަގައިދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެ ރެއާލަށް ލީޑުނަގައިދިނީ އައުރެލިން ޗުއަމެނީއެވެ.

Advertisement
Advertisement

ނަމަވެސް ބާސެލޯނާއިން ވަނީ 84 ވަނަ މިނިޓްގައި އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. ލަމީން ޔަމާލް ފަހަތަށް ކުޅުނު ބޯޅައެއް ކީޕަރު ތިބޯޓް ކޯޓުއާ ކައިން ނައްޓާ, ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދިނީ ފެރަން ޓޮރޭސްއެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. އިންޖަރީހެ އިތުރު ވަގުތުގައި ބާސެލޯނާގެ ރަފީނިއާއަށް, ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ ފައުލްކުރީކަމަށް ބަލާ ލިބުން ޕެނަލްޓީ ގިނަ އިރުތަކަކަށް ވީއޭއާރުން ބެލުމަށްފަހު ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އަނެއްކާވެސް ޖެހުނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ.

116 ވަނަ މިނިޓްގައި ޖޫލްސް ކޫންޑޭގެ ގޯލަށްފަހު ބާސާ އަށް އަނެއްކާވެސް ލީޑު ލިބިފައިވަނިކޮށް ރެއާލްގެ ދެ ޑިފެންޑަރުން ކަމަށްވާ ލޫކަސް ވަޒްކޭޒް އަދި އެންޓޯނިއޯ ރުޑީގާއަށްވަނީ ބަދަލަކަށް ފައިބާތިބިއްބާ ރަތްކާޑުވެސް ދައްކާފައެވެ. އެއީ ރެފްރީގެ ނިންމުންތަކާ ގުޅިގެން ބެންޗުން ހިތްހަމަނުޖެހުން ފާޅުކުރި ގޮތުންނެވެ.

ރޭގެ މެޗުގެ މައި ފޯކަސް އަކަށް ވެގެން ގޮސްފައިވަނީ ރެފްރީ ރިކާޑޯ ޑި ބާގޮސް ބެންގޮއެޓްޒާއާ އެވެ. އެއީ މެޗުގެ ކުރިން ރެފްރީގެ ވާހަކަތަކާ ގުޅިގެން ރެއާލުން ހޭކި ބޮޑާހޭކުންތަކާއެކުއެވެ. މެޗުގެ ކުރިން ރެފްރީ ބަދަލުނުކޮށްފިނަމަ ރެއާލުމް މެޗު ބޯއިކޮޓް ކުރާނެ ކަމުގެ ވާހަކަތަކާއެކު ޕްރީ-ޕްރެސް އާއި ޕްރީ ޓްރެއިނިންގް ވެސް ރެއާލުން ވަނީ ބޯއިކޮޓްކޮށްފައެވެ. ނަމަވެސް ފެޑެރޭޝަނުން ވަނީ ރެފްރީ ބަދަލުނުކުރާނެ ކަމަށް ބުނެފައެވެ. ބާސެލޯނާއިންވެސް ވަނީ ރެފްރީގެ ވާހަކަތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކޮޕާ ޑެޕްރޭ ބާސެލޯނާއިން ކާމިޔާބުކުރި އިރު މިއަހަރުގެ ޖެނުއަރީ މަހު ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލްގައި ބާސެލޯނާއިން ރެއާލްގެ މައްޗަށް ކުރިހޯދީ 5-2 ންނެވެ. ލަލީގާގައި ބާސެލޯނާ އޮތީ ރެއާލަށްވުރެ ހަތަރު ޕޮއިންޓް ކުރީގައެވެ. އަދި ޗެޕްމިއަންސް ލީގުން ރެއާލް ކަޓާފައިވާއިރު ބާސެލޯނާ މިހާރު އޮތީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެން ކަމުން މި ސީޒަނުގައި ހެންސީ ފްލިކްގެ ޑޮމިނަންސް ބޮޑުވެފައިވާއިރު ރެއާލްގެ ކޯޗު ކާލޯ އަންޗޮލެއްޓީ އަށް ތައްޓެއް ނުލިބި ސިޒަން ނިންމާލަން ޖެހުމުގެ ބިރުވަނީ ބޮޑުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow