އިންޓަރ މިލާން އާއި ރާމޯސްގެ މޮންޓެރޭ އެއްވަރު
މޮންޓެރޭގެ ކެޕްޓަން ސާޖިއޯ ރާމޯސް ގޯލް ޖެހުމަށްފަހު. ފޮޓޯ: އީއެސްޕީއެން

އިންޓަރ މިލާން އާއި ރާމޯސްގެ މޮންޓެރޭ އެއްވަރު

4 hours ago - 11:17
Jun 18, 2025 - 11:21

ފީފާ ކްލަބް ވޯލްޑްކަޕްގައި އިޓަލީގެ އިންޓަރ މިލާން އާއި ސާޖިއޯ ރާމޯސްގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ މެކްސިކޯގެ މޮންޓެރޭ ކުުޅުނު މެޗު 1-1 ން އެއްވަރުވެއްޖެއެެވެ. މިއީ ޗެމްޕިއަންސް ލީގު ފައިނަލްގައި އިންޓަރ މިލާން ބަލިވުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ މޮންޓެރޭއިންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި މޮންޓެރޭގެ ގޯލް ކާމިޔާބުކުރީ ސްޕެއިންގެ ޤައުމީޓީމުގެ ކުރީގެ ޑިފެންޑަރު ސާޖިއޮ ރާމޯސްގެ ބޮލުންޖަހާ ގޯލްގެ ތެރެއަށް ފޮނުވާލީ ރީތި ބޯޅައަކާއެކުއެވެ.

ސަދަން ކެލިފޯނިއާގައި ކުޅުނު މި މެޗަކީ މޮންޓެރޭގެ އާ ކޯޗު ޑޮމޭނެކް ޓްރޮންޓްގެ އިރުޝާދުގެ ދަށުން އެޓީމް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

އިންޓަރ މިލާނުންވަނީ ފުރަތަމަ ހާފު ނިމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. 42 ވަނަ މިނިޓްގައި އިންޓަރ ގެ ގޯލް ކާމިޔާބުކޮށްދިނީ ލައުރާޓޯ މާޓިނޭޒް އެވެ. ނަމަވެސް މުޅި މެޗުގައި ކަހަލަ ގޮތަަކަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު އިންޓަރ އަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

Advertisement
Advertisement

މެޗުގައި ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއް ފޮނުވާލެވުނު މޮންޓެރޭގެ ކެޕްޓަން 39 އަހަރުގެ ރާމޯސް ބުނީ  މިއީ އުނދަގޫ މެޗެއްކަމަށާއި, ޗެމްޕިއަންސް ލީގުގެ ފައިނަލިިސްޓަކާ ދެކޮޅަށް ކުޅޭއިރު ފިިޒިކަލް ޑިމާންޑްތައް ވަރުގަދަވާނެކަނަށް ވެސް އެނގޭކަމަށެވެ. 

ދެޓީމަަށްވެސް ގޯލެއްޖަހާނެ ރަނގަޅު ފުރުޞަތެއް މެޗު ނިމެންދަނިކޮށް ލިބުނުނަމަވެސް ވަނީ ނާކާމިޔާބު ވެފައެވެ. މާޓީނޭޒް 89 ވަނަ މިނިޓްގައި ގޯލެއް ކާމިޔާބުކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް އެއީ އޮފްސައިޑް ގޯލެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow