
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ތަނުގައި ހެޔޮއެދޭ ފަރާތަކުން ޒަމާނީ ބޮޑު މިސްކިތެއް އަޅައިދެނީ
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ތަނުގައި ހެޔޮއެދޭ ފަރާތަކުން ޒަމާނީ ބޮޑު މިސްކިތެއް އަޅައިދޭން ހުށަހެޅުމުން, އެފުރުޞަތު ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ވިލިމާލެ މަސްޖިދުއްސަލާމް އަކީ ޒަމާންވީ މިސްކިތެކެވެ. އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން 2 އަހަރު ތެރޭ ނިންމާގޮތައް އެފަރާތަށް އެފުރުޞަތު ދޭން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"މިސްކިތް ބިނާކުރެވިގެންދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން. އިންޝާ ﷲ." މިނިސްޓަރ ވިދާޅުވިއެވެ.
ވިލިމާލޭގައި ތިން މިސްކިތް ހުރެއެވެ.
ރިއެކްޝަންސް






