ހުރިހާ ހައްޖުވެރިން މާލެ އަތުވެއްޖެ
ފުރަތަމަ ގްރޫޕްގެ ބައެއް ޙައްޖުވެރިން އެއަޕޯރތްގައި: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ހުރިހާ ހައްޖުވެރިން މާލެ އަތުވެއްޖެ

11 months ago - 11:30
Jun 18, 2025 - 11:31
Advertisement
Advertisement

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ޙައްޖުވެރިން މާލެ އައިސްފިއެވެ. ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް އައީ ރޭގެ ވަގުތެއްގައެވެ.

ޙައްޖުވެރިން ރާއްޖެ އައީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕް އައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ގްރޫޕް އައީ ޖެހިގެ އައި 14 ވަނަ ދުވަހުއެވެ. ތިންވަނަ ގްރޫޕް އައީ 16 ވަނަ ދުވަހުއެވެ, ފަހު ގްރޫޕް އައީ ރޭގެ ވަގުތެއްގައެވެ. ރާއްޖެއިން ޙައްޖަށް ގެންދިއުމަށް ލިބުނީ 1000 ކޯޓާއެވެ. އެހީތެރިންނާއެކު ރާއްޖެއިން 1000 މީހުން ޙައްޖަށް ދިޔައެވެ. މީގެއިތުރުން ސައުދީ ރަސްގެފާނުގެ ޚާއްޞަ ދައުވަތުގެ ތެރެއިންވެސް ބައެއް ދިވެހިން ހައްޖަށް ދިޔައެވެ.

މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ބޮޑު ލުއިފަސޭހަކަމާއެކުގައެވެ. މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކޮށް, ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކޮށްފައިވާކަން ޙައްޖުވެރިން ފާހަގަކުރިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement