އެއާ އެންބިއުލާންސަކަށް ޑޭޝް8 ގެ ބޯޓެއް ހަމަޖައްސަނީ

އެއާ އެންބިއުލާންސަކަށް ޑޭޝް8 ގެ ބޯޓެއް ހަމަޖައްސަނީ

ބަލިމީހުން އުފުލުމަށްޓަކައި އެއާ އެންބިއުލާންސެއްގެ ގޮތުގައި ޑޭޝް8 މަރުކާގެ ބޮޑު ބޯޓެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި

8 months ago - 09:38
Jan 14, 2024 - 09:38
Advertisement

ބަލިމީހުން އުފުލުމަށްޓަކައި އެއާ އެންބިއުލާންސެއްގެ ގޮތުގައި ޑޭޝް8 މަރުކާގެ ބޮޑު ބޯޓެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސަރުކާރުގެ މަތީފަންތީގެ ވަފުދަކާއެކު ޗައިނާއަށް މިދިޔަ ހަފްތާގައި ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ބަލި މީހުން އުފުލާ އެއާ އެންބިއުލާންސް މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުދުހެން ފަށާނެ ކަމަށެވެ.

"ހެލިކޮޕްޓަރެއް ނޫން. ޑޯނިއާއެއް ނޫން. ޑޭޝް8 ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު ބަދަލު ކުރުމުގެ މަސައްކަތް މިހާރު އެދަނީ ކުރަމުން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެތަކެއް ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން އެންމެ އުތުރުން ނުވަތަ އެންމެ ދެކުނުން ކުޑައިރުކޮޅަކު އާދެވުމުގެ އިތުރަށް ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމައަށް ގެންދަން ޖެހުނަސް އެ ބޯޓުގައި ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭނީ އެފެންވަރުގައި ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement