އައްޑޫ ހަންކެޑެ ތަރައްޤީކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

އައްޑޫ ހަންކެޑެ ތަރައްޤީކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

4 hours ago - 21:20
Advertisement
Advertisement

އައްޑޫ ސިޓީ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ތަރައްޤީކުރުމަށްޓަކައި، "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.


މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިއީ އައްޑޫ އަތޮޅުގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސް، އިޤްތިޞާދީ ގޮތުން އެ ސަރަޙައްދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.


ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް ކުންފުނި އުފެއްދެވުމުގެ މަޤްޞަދެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement