މާލޭގައި ބާއްވާ ދެވަނަ އިހްޔާ ފޯރަމް މިރޭ، ތަޤްރީރު ކުރައްވާނީ ޑރ. ޢަބްދުއްސައްތާރު
އިހްޔާ ފޯރަމުގައި މިރޭ ތަގުރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން / ފޮޓޯ: މިނިސްޓްރީ

މާލޭގައި ބާއްވާ ދެވަނަ އިހްޔާ ފޯރަމް މިރޭ، ތަޤްރީރު ކުރައްވާނީ ޑރ. ޢަބްދުއްސައްތާރު

މިރޭގެ މައުލޫއަކީ "އަޙުޒާބު ހަނގުރާމަ އަދި އެއިން ލިބޭ ޢިބްރަތްތައް"

3 days ago - 15:30
Mar 6, 2025 - 15:34
Advertisement
Advertisement

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ އިހްޔާ ފޯރަމްގެތެރެއިން މާލޭގައި ބާއްވާ މި އަހަރުގެ ދެވަނަ ފޯރަމް މިރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

މިރޭގެ ފޯރަމްގެ މައުޟޫއަކީ "އަޙުޒާބު ހަނގުރާމަ އަދި އެއިން ލިބޭ ޢިބްރަތްތައް" އެވެ. މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ. 

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ ހަތް ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހަ ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މި އަހަރުގެ ފުރަތަމަ ފޯރަމް ބޭއްވީ މި މަހުގެ ދެވަނަ ދުވަހުއެވެ. "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މައުލޫއުއަށް ބޭއްވި އެ ފޯރަމްގައި ތަގުރީރު ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement