އާންމު ދަތުރުފަތުރަށް ފަސޭހަކުރުމަށް އެމްޓީސީސީ ފެރީ ޓާމިނަލްގެ ފަޅު ހުޅުވާލަނީ
އެމްޓީސީސީ އެންމެ ފުޅާދާއިރާއެއްގައި ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި / ފޮޓޯ:އެމްޓީސީސީ

އާންމު ދަތުރުފަތުރަށް ފަސޭހަކުރުމަށް އެމްޓީސީސީ ފެރީ ޓާމިނަލްގެ ފަޅު ހުޅުވާލަނީ

1 year ago - 17:15
Mar 6, 2025 - 17:25
Advertisement
Advertisement

އާންމު ދަތުރުފަތުރަށް ފަސޭހަކުރުމަށްޓަކައި ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުގެ ފަޅު އާއްމުންނަށް ހުޅުވާލަން އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށެވެ.

މާލެ އާއި އަތޮޅުތަކާ ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ލަފާ ފުރުމަށް މި ދެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރެވޭނެ ކަމަށާއި، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2025 ގެ 14:00 ގެ ކުރިން އެމްޓީސީސީ އަށް އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް އެކުންފުނިން އެދިފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެމްޓީސީސީގެ ނަންބަރު 7978865 އަށް ގުޅައިގެން އިތުރަށް ސާފުކުރެވޭނެކަމަށް ވެސް އެކުންފުނިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement