އެމްޕީއެލްގެ އެމްޑީ މަގާމުން ވަޖީހު ވަކިކޮށްފި
އެމްޕީއެލްގެ އެމްޑީކަމުގައި ހުންނެވި ވަޖީހު: ފޮޓޯ-އެމްޕީއެލް

އެމްޕީއެލްގެ އެމްޑީ މަގާމުން ވަޖީހު ވަކިކޮށްފި

1 year ago - 23:00
Feb 2, 2025 - 23:00
Advertisement
Advertisement

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ މަގާމުން މުޙައްމަދު ވަޖީހު އިބްރާހީމް ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ ވަޖީހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަކިކުރެއްވިކަން އިއުލާނުކޮށްފައެވެ. ނަމަވެސް ވަކިކުރެއްވި ސަބަބެއްނުބުނެއެވެ. ވަޖީހު މަގާމުން ވަކިކުރެއްވީ މިއަދު އެވެ.

މިސަރުކާރު ފެށުނީއްސުރެ އެމްޕީއެލްގެ އެމްޑީގެ މަގާމްގައި މިއަދާ ހަމައަށް ހުންނެވީ ވަޖީހުއެވެ. އޭނާއަކީ އެކުންފުނީގައި ކުރިން ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ވަޖީހު ވަކިކުރައްވާފައި މިވަނީ އޭނާ ވަކިކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހީމް ފައިސަލް ވަކިކުރެއްވި ހިސާބުން ވަޖީހުވެސް މަގާމުން ވަކިކުރައްވާނެ ކަމުގެ އަޑުތައް އޮތީ ފެތުރިފައެވެ. ވަޖީހުއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهގެ އާއިލީ ބޭފުޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement